ރާއްޖޭގެ ގާނޫނީ ވެރިކަން ވައްޓާލުމަށް ރޭ ގާސިމް އަމިއްލަފުޅަށް އިއްތިރާފް ވެފައިވާކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވީ ބަޢާވާތުގެ އަޑީގައި ހުންނެވީ ގާސިމް ކަމަށެވެ. އަދުރޭ ވިދާޅުވީ ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު ކޯޓު އަމުރު ނެރުމުގެ އަޑީގައި ހުންނެވީ ގާސިމް އިބްރާހިމް ކަމަށެވެ. އަދި މި ހުުމަކީ އިދިކޮޅު ލީޑަރުން ގުޅިވަޑައިގެން ކުރެއްވި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޭ ރާއްޖެޓީވީން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ގާސިމް ވިދާޅުވީ "އަޅުގަނޑުމެން ފެބްރުއަރީ 1 ގައި ހުކުމެއް ނެރުނީމަ ކަމަކު ނުދިޔަ" ކަމަށެވެ.
އަދުރޭ ވިދާޅުވީ ސަރުކާރުން ގާސިމް ގެނެވެން އޮތް ގޮތަކަށް ރާއްޖެ ގެންނަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީގެ އެއްވެސް ކަމެއް ގާސިމް އާއި ހެދި ކުރެވެން ނެތް ކަމަށެވެ.
ގާސިމް ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރެއްވިކަމަށް އަމިއްލައަށް އިއްތިރާފް ވެއްޖެ: ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ