ރައީސް މައުމޫން ވަގުތު ގައި ލިޔުއްވަން ފައްޓަވައިފި

ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބުދުލްޤައްޔޫމް ވަގުތުއެމްވީ ގައި ލިޔުއްވަން ފައްޓަވައިފިއެވެ.
މިގޮތުން ރައީސް މައުމޫން ފުރަތަމަ ވަގުތުއެމްވީ ގައި ލިޔުއްވާފައި ވަނީ "އަންނަ ހޮނިހިރު ދުވަހަކީ، ރަމަޟާން މަހުގެ އެއްވަނަ ދުވަސް" މި މައުޞޫއަށް ލިޔުއްވި ކޮލަމެވެ.
ރައީސް މައުމޫން ވަގުތު އެމްވީ ގައި ލިޔުއްވަން ފެއްޓެއްވުމާއި ގުޅިގެން ވަގުތު އެމްވީގެ ޗީފް އެޑިޓަރ މުޝައްރަފް ހަސަން ވިދާޅުވީ ރައީސް މައުމޫން ފަދަ އިލްމީ ބޭފުޅަކު ވަގުތު އެމްވީގައި ލިޔުއްވަން ފެއްޓެވުމަކީ ވަގުތު އެމްވީ އަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށާއި އަދި ވަގުތު އެމްވީ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަދި ރައީސް މައުމޫން ވަގުތު އެމްވީގައި ކޮލަމެއް ލިޔުއްވަން ފެއްޓެވި ކަމަށްޓަކައި ވަގުތު އެމްވީގެ މަސްއޫލުވެރިންނާއި މުވައްޒަފުން އަދި ކިޔުންތެރިންގެ ނަމުގައި އެމަނިކުފާނަށް ޝުކުރު ދަންނަވާކަމަށް މުޝަރަފް ވިދާޅުވިއެވެ.
މުޝައްރަފް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ރައީސް މައުމޫން ވަގުތު އެމްވީގައި ކޮލަމެއް ލިޔުއްވަމުން ގެންދަވާނެ ކަމަށެވެ.
ޗީފް އެޑިޓަރ އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގައި ތިއްބެވި އިލްމީ ބޭފުޅުން ވަގުތު އެމްވީގައި ކޮލަމްތައް ލިޔުއްވަމުން ގެންދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ