ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ސައުދިއަރަބިޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް، އެންޑޯމަންޓް، ދަޢުވާ، އެންޑް ގައިޑޭންސް ޝައިޚް ޞާލިޙް ބިން ޢަބްދުލްޢަޒީޒް ބިން މުހައްމަދު ބިން އިބްރާހީމް އައްޝައިޚް އާއި އެމަނިކުފާނުގެ އަރިއަހުގައި ރާއްޖެވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުވުން ކުރިއަށް ގެންދެވީ މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައެވެ.
މިއަދު އިފްތިތާޙް ކުރި އިލްމުވެރިންގެ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ސައުދި އަރަބިޔާއަކީ އަބަދުވެސް ރާއްޖެއާއިއެކު ވަަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށެވެ. އަދި ސައުދިއަރަބިޔާގެ އެހީތެރިކަން އެކިގޮތްގޮތުން އަަބަދުވެސް ރާއްޖެއަށް ލިބެމުން އަންނަ ކަަމަށެވެ.
އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި ސައުދީގައި ރަސްކަން ކުރެއްވެވި ހުރިހައި ބޭފުޅުންނާއި އަދި ކްރައުން ޕްރިންސްގެ ގޮތުގައި ހުންނެވި އިރު މިހާރުގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އާއި ބައްދަލުކުރެއްވެވުމުގެ ފުރުޞަތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވެވިއެވެ.
ރައީސް މައުމޫން ސައުދީ އިސްލާމިކް މިނިސްޓަރ އާއި ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ