ބިލް ކުޑަ ކުރަން ބޭނުން ނަމަ ކަރަންޓު އިސްރާފު ނުކުރެއްވުމަށް ރައީސް އެދިވަޑައިގެންފި

ކަރަންޓު ބިލް ކުޑަކުރަން ބޭނުންނަމަ އިސްރާފު ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.ރައީސް މިގޮތަށް އެދިވަޑައިގެންނެވީ ދައުލަތުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 70 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވަނީ ކަރަންޓު ބިލް ކުޑަކުރުމުގައި ފަރުދީ ޒިންމާވެސް ބޮޑު ކަން ހަނދާންކޮށްދީ، ކަރަންޓު ބޭނުން ކުރުމުގައި އިސްރާފު ކުޑަކުރުމަށް އެދިވަޑައިގެންފައެވެ.ރައީސް ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކުވެސް ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ކަރަންޓު ބިލް ބޮޑުވުމުގެ އިތުރުން ކަރަންޓު އުފައްދަން ކުރަން ޖެހޭ ހޭދަވެސް ބޮޑުވާ ކަމަށެވެ. "ސްޓެލްކޯއިން މިހާރު ހިންގާ 35 އިންޖީނުގެއިން ކަރަންޓުގެ ހިދުމަތް ދިނުމަށް މަހެއްގެ މައްޗަށް 12 މިލިއަން ލީޓަރުގެ ޑީސަލް ބޭނުންވޭ. އެއީ މަހަކު ގާތްގަނޑަކަށް 92 މިލިއަން ރުފިޔާ. އަދި ކޮންމެ އަހަރެއްގެ ހޫނު ދުވަސްވަރަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން، އިންޖީނުތައް ހިންގަން ބޭނުންވާ ޑީސަލަށް ކުރާ ހޭދަ ނުވަ ޕަސެންޓް އިތުރުވެގެންދޭ." ރައީސް ސޯލިހު ވިދާޅުވި އެވެ.މީގެ އިތުރުން ރައީސް ވަނީ، ކަރަންޓު އިސްރާފުވާ މިންވަރު ކުޑަކުރަން ފަރުދުންގެ ހައިސިއްޔަތުން ހާއްސަ މަސައްކަތްތަކެއް ކުރުމަށް އެދިވަޑައިގެންފައެވެ. މިގޮތުން އެކަމާ ގުޅޭގޮތުން ސްޓެލްކޯއިން ދޭ އިރުޝާދުތައް ބަލައިގަނެ އަމަލު ކުރުމަށް ރައީސް ގޮވާލެއްވިއެވެ.ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއް ނަމަވެސް ވެރިކަމުގެ ދެވަނަ އަހަރު ފެށިފައިވާއިރުވެސް އެ ވައުދު ނުފުއްދޭކަން ފާހަގަކޮށްލެވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ