ކުރީގެ ރައީސް އަދި މިހާރުގެ މޯލްޑިވްސް ރީފޯމް މޫވްމެންޓްގެ (އެމްއާރްއެމް)ގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެއްވެސް އިންޓަވިއުއެއް ޓީވީއެމްއިން ދެއްކުން މަނާކޮށްފިއެވެ.
"ވަގުތު" އަށް އެނގިފައިވާގޮތުން ޕަބްލިކް ސާވިސް މީޑިއާ އިން އެގޮތަށް ނިންމާ މި މަހުގެ ކުރީ ކޮޅު ނޫސްވެރިންނަށް ވަނީ އެކަން އަންގާފައެވެ.
އެނގިފައިވާގޮތުން ނަސްރުގެ ދުވަހު މައުމޫންގެ ހާއްސަ އިންޓަވިއުއެއް ގެނެސް ދިނުމަށް ޓީވީއެމް އިން ރެކޯޑިންގވެސް ހެދިއެވެ.
ނަމަވެސް ރެކޯޑިންގ ހެދި ފަހުން ތަނުގެ އިސްވެރިން ވަނީ އިންޓަވިއު ދެއްކުން މަނާކޮށްފައެވެ.
ނަން ހާމަކުރަން ބޭނުން ނުވާ އެމްއާރްއެމްގެ އޮފިޝަލަކު ވިދާޅުވީ، ރައީސް މައުމޫންގެ ގަޑިއެއްހާއިރުގެ ދިގު އިންޓަވިއުއެއް ނެގުމަށްފަހު ނުދެއްކި ސަބަބު ހާމަކޮށްފައިނުވާ ކަމަށެވެ.
ނަމަވެސް އޮފިޝަލް ވިދާޅުވީ، ރައީސް މައުމޫންގެ އިންޓަވިއުތައް ދެއްކުން މަނާ ކުރި ކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށެވެ.
ޓީވީއެމް އިން ވާހަކަ ދެއްކި ބައެއް ނޫސްވެރިން "ވަގުތު" އަށް ބުނީ ވަކި ބައެއްގެ ހަބަރު ނުގެނެސް ދިނުމަށް މިހާރު ތަކުރާރުކޮށް އެތަނުގެ އިސް ވެރިން އަންގަމުން ދާ ކަމަށެވެ.
"ކުރީގެ ވެރިކަން ބަދަލުކުރީ މި ހުރިހާ ކަމެއް އިސްލާހު ކުރން. އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގައިވެސް ފުރަތަމަ އަހަރު މަނާ ނުކުރޭ ވަކި ބައެއްގެ ހަބަރުތައް ގެނެސްނުދިނުމަށް. އެގޮތަށް އަންގަން ފެށީ ފަހު ދޮޅު އަހަރުތެރޭގައި" ޓީވީއެމް މުވައްޒަފެއް ބުންޏެވެ.
ރައީސް މައުމޫން ގެ އިންޓަވިއުތައް ޓީވީއެމުން ދެއްކުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ