ހުޅުމާލެ އިން ކަރަންޓް ކެނޑިފައި އޮންނަތާ ތިން ގަޑިއިރު ފަހުން ކަރަންޓް ލިބިއްޖެއެވެ.
ހުޅުމާލެ އިން ކަރަންޓް ކެނޑިފައި ވަނީ މިރޭ 2:25 ހާއިރު އެވެ.
ހުޅުމާލެއަށް ކަރަންޓް ހިދުމަތް ފޯރުކޮށްދެނީ ސްޓެލްކޯ އިންނެވެ.
ހުޅުމާލެ އިން ކަރަންޓް ކެނޑުނުތާ ކެނޑު ގަޑިރިއަށް ދެމިގެން ދިޔައިރުވެސް ކަރަންޓް ކެނޑެން މެދުވެރިވި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
"ވަގުތު"އަށް މައުލޫމާތު ދިން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، ކަރަންޓް ކެނޑެން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށެވެ. އޭނާ އެކަމުގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
ދޭތެރެ ދޭތެރެއިން ހުޅުމާލެ އިން ކަރަންޓް ކެނޑޭ މައްސަލަ ދިމާވެއެވެ.
ހުޅުމާލެއަށް ދެމުންގެންދާ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުުރުމަށް ސްޓެލްކޯއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ހުޅުމާލެ އިން ކަރަންޓް ކެނޑިފައި އޮންނަތާ ތިން ގަޑިއިރު ފަހުން ކަރަންޓް ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ