ރައީސް ނަޝީދުގެ ރައްދު ގާސިމަށް، ސާފު ކެންޑިޑޭޓެއް ނިންމާނީ ރައްޔިތުން

ރައީސް މުހައްމަދު ނަޝީދުގެ ޝަރުތު ހަމަނުވާކަމަށް ވިދާޅުވެ ސާފު ކެންޑިޑޭޓަކު ދެއްކުމަށް ޖުމްހޫރޫ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލެއްވި ގޮވާލެއްވުމަށް ރައީސް ނަޝީދު ރައްދު ދެއްވައިފިއެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ސާފު ކެންޑިޑޭޓެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ދައްކާ ތިނީހެއްގެ ފަދަ، މިންވަރަކީ ދިވެހިންނަށް ހައްގު މިންވަރެއް ނޫން ކަމުގައެވެ.Saafu candidate hoadhumah EC e dhakkavaa thinohehge fagaige minvarakee Dhivehinah haqquvaa minvareh noon. Dhivehin beynunvaa meehaa Dhivehinge verikamah Dhivehinah genevenjeheyne. Saafu nusaafu ninmaanee rayyathun— Mohamed Nasheed (@MohamedNasheed) June 12, 2018މީގެ އިތުރުން ދިވެހި ބޭނުންވާ މީހާ ދިވެހިންގެ ވެރިކަމަށް، ދިވެހިންނަށް ގެނެވެސް ޖެހޭނެ ކަމަށާއި ސާފު ނުސާފު ނިންމާނީ ރައްޔިތުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ތިނޯހެއްގެ ފަގަ އަކީ ތިނޯހަށް ރޮދި ލެއްވުމަށް ހާއްސަކޮށަފައި އިންނަ ބައެވެ.
މިމަހުގެ 10 ވަނަ ދުވަހު ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއަދުގެ ހާލަތުން އެއްވެސް ރިސްކެއް އޮތް ޕެއައެއް(ކެންޑިޑޭޓާއި ރަނިން މޭޓު) ގުޅިފައިވާ ޕާޓީތަކުން ނެރުމަކީ ޖުމްހޫރީ ޕާޓީއަށް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.
ޖޭޕީއާއި ގާސިމް ވެސް ހުންނެވީ ސާފު ޕެއައެއް ނުވަތަ ޕެއަތަކާ ގުޅޭގޮތުން އެކުގައި މަޝްވަރާކޮށް ކުރިއަށްދާން ތައްޔާރަށް ކަމަށާއި މަޝްވަރާތަކަށް އެމްޑީޕީން ވެސް ހުށަހަޅަންވާނީ ފުލުސް އޮފީހުގައި ތަހުގީގެއް ނެތް، ޕީޖީ އޮފީހުގައި ފައިލްކޮށްފައިވާ މައްސަލައެއް ވެސް ނެތް، އެއްވެސް ކޯޓެއްގައި މައްސަލައެއް ނެތް އަދި އެއްވެސް ދުވަސްވަރެއްގައި ޑުއަލް ސިޓިޒެންޝިޕްކަން ވެސް ނެތް ނަމެއް ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
ކުރިއަށްއޮތް ދުވަސްތަކުގައި ސާފު ޕެއަރއެއް ނިންމުމުގެ މަޝްވަރާއާއިއެކު ގުޅިގެން، ސަރުކާރާއި މަޖިލިސް ހިއްސާ ކުރާނެ ގޮތެއް ވެސް ނިންމަން އެދިވަޑައިގަންނަވާ ކަމަށާއި ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓަކާއެކު ވެސް އަދި އަމިއްލަ ކެންޑިޑޭޓެއްގެ ކެންޑިޑެސީއާ އެކުވެސް މަޝްވަރާކޮށްގެން ޙައްލު ހޯދަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
"ރިސްކު އޮތް ނަންތަކެއް ހުށަހަޅަން އަޅުގަނޑުމެން އެންމެނަށް ގަބޫލު ކުރެވޭނަމަ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް މައުމޫން، ނާއިބު ރައީސް ކަމަށް ރައީސް ނަޝީދު، މަޖިލީހުގެ ރައީސަކަށް ގާސިމް އިބްރާހީމް، މަޖިލީހުގެ ނައިބު ރައީސްކަމަށް އިބްރާހީމް މުހަންމަދު ސާލިހު، ހޯމް މިނިސްޓަރަކަށް ޝެއިޚު އިމްރާން، ޑިފެންސް މިނިސްޓަރަކަށް ކާނަލް ނާޒިމްގެ ނަން ނިންމައި ކުރިއަށްދާންވީ ނޫންތޯ،" ގާސިމް ވިދާޅުވެފައިވެއެވެ.
އެ ބޭފުޅުންނަށް ތައީދު ލިބޭނެ ކަމަށާއި ނަމަވެސް ހަގީގަތް ގަބޫލު ކުރަން ކިތަންމެ ދަތި ނަމަވެސް މިއަދު އެކަން ކުރެވެން ނެތް ކަމަށާއި އެއްވެސް މައްސަލައެއް ނެތް ކެންޑިޑޭޓަކު ހުށަހެޅުމުން ވެސް ގޯނާ ކުރާނެ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
މިއަދާ ހަމައަށް އައިއިރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އެމްޑީޕީ ނޫން ބަޔަކަށް ހައްގު ކަމަށް އެމްޑީޕީއަށް ގަބޫލު ނުކުރެވޭ ކަމަށާއި އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކު ދައްކަން ހުށަހަޅާ ވާހަކަވެސް ގަބޫލު ކުރާތަން ފެނިވަޑައި ނުގަންނަވާ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
"އެމްޑީޕީ ނޫންބަޔަކަށް ކެންޑިޑޭޓްކަން ދޭން އެމްޑީޕީން އެއްވެސް ދުލެއް ނުދޭކަމަށް ވަނީނަމަ އަދި އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކާއި ރަނިންމޭޓެއް ނުވަތަ އެކަހަލަ ދެ ޕެއަރ ދެޕާޓީއެއްގެ ނަމުގައި އިންތިހާބަށް ކުރިމަތިލައި ފަހުން ހުރިހާކަމެއް ކްލިއަ ވީމާ އެތަނުން ޕެއަރއަކަށް އެއްބަސްވާ ގޮތަށް މިއަދު އެއްބަސް ނުވެވޭނަމަ އިތުރަށް ދައްކަން އޮތީ ކޮންވާހަކައެއްތޯއެވެ؟،" ގާސިމް ސުވާލު ކުރައްވާފައިވެއެވެ.
އެމްޑީޕީން ރިޔާސީ ކެންޑިޑޭޓުކަން ދީފައިވަނީ މިއަދުގެ ހާލަތުގައި ޝަރުތު ފުރިހަމަ ނުވާ ބޭފުޅަކަށް ކަން އެމްޑީޕީއަށް އިޝްރާތް ކުރައްވާ ގާސިމް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ