ހުޅުމާލެއަށް އަލުން ކަރަންޓުގެ ހިދުމަތް ދީފި

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިފައިވަނިކޮށް އަލުން ކަރަންޓްގެ ހިދުމަތް ދޭން ފަށައިފި އެވެ.
ހުޅުމާލޭގައި ދިރިއުޅޭ ބައެއް މީހުން މިއަދު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުޅި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:40 ހާއިރު ކަމަށެެވެ.
ކަރަންޓްގެ ހިދުމަތް އަލުން ލިބުނީ ދެ ގަޑިއިރުފަހުން 11:40 ހާއިރު ކަމަށްވެސް މައުލޫމާތު ދިން މީހުން ވަނީ ބުނެފަ އެވެ.
ސްޓެލްކޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކަރަންޓް ދިނުމަށް ބޭނުން ކުރާ ހައިވޯލްޓެޖް ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ހުޅުމާލެ އިން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑެމުންދާ މައްސަލަ ހައްލުނުވާތީ ހުޅުމާލޭގައި އުޅޭ މީހުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ