ޣައިރު ހާޒިރުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫން އެގޮތަށް އެދިވަޑައިގެންފައިވަނީ މިދިޔަ ހަފުތާ ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓިއެއްގައެވެ. އެސިޓީގައި ޣައިރު ހާޒިރުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވީ އެމަނިކުފާނުގެ އުމުރުފުޅާއި ހާލުކޮޅު މިވަގުތު ހުރި ގޮތުން ކޯޓަށް ވަޑައިގަންނަވަން ކަނޑު ދަތުރު ކުރަން އުނދަގޫވާތީއެވެ.
ފެބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރައީސް މައުމޫން ހައްޔަރުކޮށް ފުލުހުންގެ ތަހުގީގަށް ފޯނު ހަވާލުކޮށްފައި ނުވާތީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅި މައްސަލާގައި ވަނީ ޖަލަށް ހުކުމްކޮށްފައެވެ. ކްރިމިނަލް ކޯޓުގައި މިހާރު ކުރިއެަށްދަނީ އެމަނިކުފާނުގެ އެންމެ މައްސަލައެއްގެ ޝަރީއަތެވެ. އެއީ ސްޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ކުރަމުންދާ ޓެރަރިޒަމްގެ ދައުވާއެވެ.
ޖަލުގައި ހުންނެވި ނަމަވެސް ރައީސް މައުމޫން ގެންދަވަނީ އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކާއި ވަކީލުން މެދުވެރިކޮށް އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ޣައިރު ހާޒިރުގައި ޝަރީއަތްތައް ކުރިއަށް ގެންދަން ރައީސް މައުމޫން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ