ހެނބަދޫ ނަރުދަމާގެ ނިޒާމު ރައީސް އިފުތިތާހުކޮށް ދެއްވައިފި

ނ. ހެނބަދޫން: އައިޝަތު ފަރީހާ ނ. ހެނބަދޫ ގައި ޗަންމާ މުހައްމަދު މޫސާ (އުއްޗު)ގެ ހަރަދުގައި ޗަންޕާ ބްރަދާސްގެ ފަރާތުން އެޅި ނަރުދަމާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ. އަލް ޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އެޅި މި ނަރުދަމާގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހު އެވެ. https://sun.mv/98735 އެ މަޝްރޫއުގެ ދަށުން ޕަމްޕް ސްޓޭޝަން ގާއިމު ކުރެވި މުޅި ރަށުގައި ޕައިޕްލައިން އަޅައި ހުރިހާ ގެއަކަށް ނަރުދަމާގެ ކޮޅު ވަނީ ގުޅައިފަ އެވެ. ހަތްސަތޭކަ ފަންސާސް މީހުންގެ އާބާދީއެއް އޮންނަ ރަށުގައި ގާއިމުކުރި މަޝްރޫއުއަކީ 18.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމު ކުރި ނަޒާމެއް ކަމަށް އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ. ހެނބަދޫ ނަރުދަމާ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ