މޫސުން ގޯސްވެ ގިނަ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ގިނަ އަތޮޅުތަކަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާން ވަނީ ލ އަތޮޅުން ސ އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު ހެނދުނު 08:45 އިން މެންދުރު ފަހު 14:45 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ. އެ ސަރަހައްދަށް ގަދަވަޔާއެކު އެސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް އެކަށީގެންވާކަމަށް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ރ އަތޮޅުން ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު ހެނދުނު 10:00 އިން ހަވީރު 16:00 ގެ ނިޔަލަށް ވައިޓް އެލާޓު ނެރުނު އިރު މީޓިއޮރޮލޮޖީން ބުނި ގޮތުގައި އެ ސަރަހައްދަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވެއެވެ.
ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މީޓިއޮރޮލޮޖީން ވަނި ބުނެފައެވެ. އަދި ދެކުނުގެ ކަނޑުތަށް ގަދަވާނެ ކަމަށާއި މެދުތެރޭގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް އަދި އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.
މީޓިއޮރޮލޮޖީން ވަނީ ދެކުނުގެ ސަރަހައްދުގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ