ނަޝީދާ ދެކޮޅު ޓުވީޓެއް ގާސިމް ރީޓުވީޓް ކުރެއްވުމުން ހިތްހަމަނުޖެހިއްޖެ!

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ މިއަދު ކުރެއްވި ޓުވީޓެއް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރީޓުވީޓް ކުރެއްވި މައްސަލައެއް ހޫނުވެއްޖެ އެވެ.
ސިޔާސީ ޚިޔާލުތަފާތުވުންތަކުގައި، ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އަލްހާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޝަރީއަތުން ނިންމާފައިވާ ކަންކަން، ހަވަރު އެއްކޮށްގެން ޝަރީއަތުން ބޭރުގައި ނިންމެން ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުމުން ގާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަ ހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ނަޝީދު ވެސް ކަންކަން ނިންމަން ޖެހޭނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމީނަށް ތާއީދު ކުރައްވައި ވަރަށް ބޮޑަށް ވާހަކަ ދައްކަވައި ޕީޕީއެމާ ގުޅިވަޑައިގެންނެވި އަލްހާން ވަނީ، އިންތިޚާބު ރައީސް ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމާ އެކު އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
Gasim retweeted it to show that he supported Alhan's words. https://t.co/ltgjc1OvUB— Aishath Aniya (@Aniya_A) October 10, 2018
ގާސިމްގެ އަމިއްލަ އެކައުންޓުން ވަނީ އަލްހާން ކުރެއްވި ޓުވީޓް ރީޓުވީޓް ކުރައްވައިފަ އެވެ. މިއީ، ނަޝީދާ ދެކޮޅަށް އަލްހާންގެ ވާހަކަތަކަށް ގާސިމް ތާއީދުކުރެއްވުން ކަމަށް ބުނެ އެމްޑީޕީގެ ބައެއް ސަޕޯޓަރުން އަންނަނީ ގާސިމަށް ފާޑުކިޔަމުންނެވެ.
Qasim Ibrahim thi kurevvee varah ladhuvethi huthuru amaleh.RN aa manikufaanu kithamme zaatheeve nugaboolu viyas Raajjeyge Rayyithun ge loabi vanee kaakaa ekee kan 1 Nov ga fennaane.Manikufaanu ves vadaigathy aruvaalevigen hunnevumahfahu adhi RN ves @qasimibrahim #HeIsComingHome https://t.co/gGLW70Mkai— Mariyam Zubair (@MandhyZubair) October 10, 2018
އަލްހާންގެ ޓުވީޓް، ގާސިމް ރީޓުވީޓް ކުރެއްވުމުން، ފާޑުކިޔާފައި.ނަޝީދު ވެސް ކަންކަން ނިންމަން ޖެހޭނީ ގާނޫނީ ނިޒާމުގެ ތެރެއިން ކަމަށް އަލްހާން އެ ވިދާޅުވީ، ބެލެވޭ ގޮތުގައި ނަޝީދު މިނިވަންކުރުމާ ގުޅޭ މައްސަލަ އަށެވެ. ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވެ، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރައްވާފައިވާއިރު ވެސް ނަޝީދު މިނިވަން ނުވެ ލަސްވާތީ، އެމްޑީޕީގެ ބައެއް ސަޕޯޓަރުންގެ ހިތްހަނުޖެހުންތައް އެބަހުއްޓެވެ.
އެ މައްސަލައިގައި ސޯޝަލްމީޑިއާގައި ނުރުހުންފާޅުކުރަމުން ދިޔަ އެކަކު ބުނީ ނަޝީދުގެ މައްޗަށް ގާސިމްގެ ހިތް ކިތަންމެ ގޯހަސް، އޭނާ ކަފާލާތުގެ ދަށުން މިނިވަންވީ ނަޝީދާ ހެދި ކަމަށެވެ. ގާސިމް ސަލާމަތް ކުރަން، ނަޝީދު ރެ އާއި ދުވާލު ބުރަ މަސައްކަތް ކުރެއްވި ކަމަށާއި އެކަން ގާސިމަށް އޮޅިވަޑައިގަތުމުން ހިތާމަކުރައްވާ ކަމަށް ބުނެފައިވެ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ކުރި ތުހުމަތާއި ހިންގި ޝަރީޢަތާއި ކުރި ޙުކުމަކީ ރާއްޖޭގައި ޝަރީޢަތް ހިންގުމުގެ އުސޫލާއި ނިޒާމުގެ ބޭރުން ބޭއިންސާފުން ހިންގާފައިވާ ކަންކަން ކަމަށް ރާއްޖޭގެ ގިނަބަޔަކާއި ބައިނަލްއަޤްވާމީ މުޖްތަމައު ގަބޫލުކުރޭ. ރައީސް ނަޝީދު މިނިވަންކުރަންޖެހޭ— Mohd Abdulla Shafeeg (@mashafeeg) October 10, 2018
އަލްހާންގެ ޓުވީޓާ ގުޅިގެން މުހައްމަދު އަބްދުﷲ ޝަފީގް ކުރެއްވި ޓުވީޓެއް.ނަޝީދުގެ ސަޕޯޓަރުން ބުނީ، އެމަނިކުފާނާ ދެކޮޅަށް ކޮށްފައި ހުންނަ ޓުވީޓްތަކަށް ގާސިމް ތާއީދު ކުރެއްވުމުން އެކަން ހަޖަމެއް ނުވާނެ ކަމަށެވެ. އަދި އެގޮތަށް ކަންތައް ވާނަމަ މަޑަކުން ނުތިބޭނެ ކަމަށެވެ.
Hajam eh Nuvaane Qasim akas Kaasimkas Efaadah Kanthah Kureema. Miadhu Mi Fasgandugai Thi hurevent RN kurrevi Massakathpulhun. RN ah Nuseedhaa Gothah Faaduvidhaalhuve thiya dhehvvy varah goas mssg eh. Mikan Kuvveri kuran! https://t.co/ELeE3Jp4Ps— Maimoon (@Mrsays_) October 10, 2018
ނަޝީދުގެ ދިފާއުގައި ސަޕޯޓަރުން ގާސިމާ ދެކޮޅަށް ތެދުވުމުން އޭނާ ވަނީ އަލްހާންގެ ޓުވީޓް ރީޓުވީޓް ކުރެއްވުނު ގޮތް ސާފުކޮށްދެއްވައިފަ އެވެ.
Alhugandu @AlhanFahmy Retweet Kuree Eynaa Vidhaalhuvee Qaanoonee Gothunaai Dheenee Gothun Beliyas Rangalhu Vaahaka’akah Vaathee! Keerithi Rasoolaage Hadhees Basfulhehge Maanaigaa Vanee, Bas Buni Meehaayah Nubalaashey, Buni Bahah Balaashey!— Qasim Ibrahim (@qasimibrahim) October 10, 2018
ގާސިމްގެ ޓުވީޓް.ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލްހާންގެ ޓުވީޓް ރީޓުވީޓް ކުރެއްވީ އޭނާ ވިދާޅުވީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިއަސް ރަނގަޅު ވާހަކައަކަށް ވާތީ ކަމަށެވެ.
"ކީރިތި ރަސޫލާގެ ހަދީސްގެ ބަސްފުޅެއްގެ މާނައިގައި ވަނީ، ބަސް ބުނި މީހާއަށް ނުބަލާށޭ. ބުނި ބަހަށް ބަލާށޭ،" ގާސިމް ވިދާޅުވި އެވެ.
ހަދީސެއް ވިދާޅުވެ ސަޕޯޓަރުންގެ ރުޅި މައިތިރި ކުރައްވަން ގާސިމް އުޅުއްވި ނަމަވެސް އެކަން ބަލައެއް ނުގަތެވެ. ގާނޫނީ ގޮތުން އަލްހާން ވިދާޅުވީ ރަނގަޅު ވާހަކައެއް ކަމަށް ވިދާޅުވިއިރު، ނަޝީދަށް ހުކުމް އިއްވީ ބޭއިންސާފުން ކަމާއި މިނިވަން ކުރަން އދ. އިން ވެސް އަންގާފައި ވުމުގެ އިތުރުން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކުން ނަޝީދު މިނިވަންކުރަން އަމުރުކުރި ކަން ގާސިމް ހަނދުމަނެތުނީތޯ ވެސް ސަޕޯޓަރުން ވަނީ ސުވާލުކޮށްފަ އެވެ.
ގާސިމަށް އިންތިހާ އަށް ފާޑުކިއުމާއެކު މިފަހަރު ވެސް ކޯލިޝަން ރޫޅޭނީ ގާސިމާ ހެދި ކަމުގެ ތުހުމަތު ވަނީ އަޅުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ