އަންހެނުންނަށް ދޭ އަނިޔާގެ ގެއްލުން މުޅި ޤައުމަށްވެސް ލިބޭ ކަމުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓުގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވަނީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރަމުންދާ އަނިޔާ ނިމުމަކަށް ގެނައުމުގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސް މައުމޫނު މިފަދައިން ވިދާޅުވެފައިވާއިރު މި ސަރުކާރުގެ ޖެންޑަރ މިނިސްޓްރީ ހިންގަވަނީ އެމްއާރުއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރެކެވެ. As we mark the international day to end violence against women and girls we must recognize that VAW does not hurt women alone. It indeed hurts and damages the entire nation. This is a fight we have to win NOW. @presidencymv @MoGFSSmv @MRM_Office— Maumoon Abdul Gayoom (@maumoonagayoom) November 25, 2020ރައީސް މައުމޫން ފާހަގަކުރެއްވި ގޮތުގައި އަންހެނުންނާއި އަންހެން ކުދިންނަށް ކުރަމުންދާ އަނިޔާ ނިމުމަކަށް ގެނައުމުގެ ބައިނަލްއަޤުވާމީ ދުވަސް އިހުތިފާލުކުރަމުންދާއިރު، އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތަކުން ގެއްލުން ލިބެނީ ހަމައެކަނި އަންހެނުންނަށް ނޫންކަން އެނގިގަންނަންޖެހޭ ކަމުގައެވެ. އަދި ރައީސް މައުމޫން ފާހަގަކުރެއްވީ އަންހެނުންނަށް ކުރާ އަނިޔާއަކީ އޭގެ ގެއްލުމާއި ވޭން މުޅި ޤައުމަށް ފޯރާ ކަމެއް ކަމުގައެވެ. އަދި އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތަކީ މިހާރުން މިހާރަށް ކާމިޔާބުކުރަންޖެހޭ މަސައްކަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
100 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަންހެނުންނަށް ދޭ އަނިޔާގެ ގެއްލުން މުޅި ޤައުމަށް ކުރޭ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ