އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ އިސް ފަނޑިޔާރު އަލީ ހަމީދަށް މުސާރަ ނުލިބޭ ގޮތަށް، ޖުޑީޝިއަލް ސާވިސަސް ކޮމިޝަން، ޖޭއެސްސީއިން ކަނޑައަޅައިފިއެވެ.
މި ދެބޭފުޅުން މީގެ ކުރިން ޖެއެސްސީން ސަސްޕެންޑް ވެސް ކޮށްފައިވާއިރު މިއަދު އެ ކޮމިޝަނުން އެ ގޮތަށް ނިންމީ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވި، ސަސްޕެންޑް ކުރެވިއްޖެ ނަމަ އެ ފަނޑިޔާރަކަށް މުސާރައާއި އިނާޔަތްތައް ނުލިބޭނެ ކަމަށް ކަނޑައަޅައި ދާދިފަހުން ފަނޑިޔާރުންގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގެ ސަބަބުންނެވެ.
އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ހިމެނޭ ގޮތަށް ގިނަ ދައުވާތަކެއް ވަނީ ކޮށްފަ އެވެ. އެ ދެބޭފުޅުންގެ މައްޗަށް ވަނީ ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތު ހިފުމާއި މަގާމުގެ ނުފޫޒު ނާޖާއިޒުގޮތުގައި ބޭނުންކުރިކަމުގެ ދައުވާއެވެ.
މި ދެބޭފުޅުން ރިޝްވަތު ހިއްޕަވާފައިކަން ސާބިތުވާ ގިނަ ހެކި ތަކެއް ވެސް ވަނީ ލިބިފައެވެ.
އަބްދުﷲ ސައީދަށާއި އަލީ ހަމީދަށްވެސް މުސާރަ ނުދޭ ގޮތަށް ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ