އިންޖީނަކަށް މައްސަލަ ދިމާވެ މުޅި މަނަދޫން ކަރަންޓް ކެނޑިއްޖެ

ފެނަކަ ކޯޕަރޭޝަނުން ނ މަނަދޫގައި ކަރަންޓް ދެމުންގެންދާ އިންޖީނަކަށް މައްސަލައެއް ދިމާވެ މުޅި މަނަދޫއިން ކަރަންޓް ކެނޑިއްޖެއެވެ.
މަނަދޫއިން ވާހަކަ ދެއްކި މީހަކުބުނީ މިއަދު އިންޖީނެއް ހަލާކުވެ ރަށުން ކަރަންޓް ކެނޑިފައިވާކަމަށާއި އަދިވެސް ކަރަންޓް ނުލިބޭ ކަމުގައެވެ.
އަދި މިއަދު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މަނަދޫއަށްވެސް ވިއްސާރަ ކުރަމުން ގެންދާކަމަށާއި ކަރަންޓް ނެތުމުން ރަށުތެރެވެސް ވަރަށް ބޮޑަށް އަނދިރިކަމަށް މަނަދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނެއެވެ.
ނަމަދޫ އިންޖީނުގެއިން ބުނީ ކަރަންޓް ކެނޑުނީ އިންޖީނެއްގެ ހޮޅިއެއް ފަޅައިގެން ގޮސްގެން ކަމަށާއި ނަމަވެސް މިހާރު އެ މައްސަލަ ހައްލު ކޮށްފައިވާ ކަމުގައެވެ. އަދި އިރު އޮއްސި ހައެއް ޖެހުމުގެ ފަސްވަރަކަށް މިނެޓް ކުރިން ކަރަންޓް ކެނޑުނު ނަމަވެސް މައްސަލަ ހައްލުކޮށް ކަރަންޓް ދިމުމަށް މިހާރުދަނީ މަސައްކަތް ކުރަމުންކަމަށާއި ކުޑަ އިރުކޮޅެއްގެ ތެރޭގައި ރަށަށް ކަރަންޓް ދެވޭނެކަމަށް މަނަދޫ އިންޖީނުގެއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ