ފާރިސް މައުމޫން ދޫނިދޫއަށް ބަދަލުކޮށްފި

ފުލުހުންގެ ހައްޔަރުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫނިދޫއަށް މިއަދު ބަދަލުކޮށްފިއެވެ.
ތަހުގީގަށް ފުލުހުން ސުވާލުތަކެއް ކުރަން ބޭނުންވާތީ ފާރިސް މިއަދު ދޫނިދޫއަށް ބަދަލުކޮށްފައިވާ ކަމަށް ފާރިސްގެ ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.
މިމަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށްފައި ވަނީ ‎ތިން ދައުވާއެއް ކޮށްފައެވެ. އެއީ ޤާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުނުކަމުގެ ދައުވާ އެވެ.
މިމަހުގެ 19 ވަނަ ދުވަހު ޝަރީއަތް ނިމެންދެން ފާރިސް ބަންދު ކުރުމުން މިމަހުގެ 20 ވަނަ ދުވަހު ފުލުހުން ވަނީ ފާރިސް މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ