ނިއު ދިއްލީ (މެއި 14) - އިންޑިއާގެ މުސްލިމުން ވަރިކުރަން ގެންގުޅޭ އުސާލާ ބެހޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ މެދު މިއަދު ގޮތެއް ނިންމައިފި އެވެ.
އިންޑިއާގެ އެންމެ މަތީ ކޯޓުގެ ފަނޑިުޔާރުންގެ 3-2 ގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ މުސްލިމުން ވަރިކުރަން ތިން ފަހަރު ވަރީގެ ލަފުޒް ބޭނުންކުރުމަކީ އިސްލާމީ އުސޫލެއް ނޫން ކަމަށެވެ. މިއީ އަންހެނުންނަށް ލިބުނު ކުރިއެރުމެކެވެ. އިންޑިއާ އަކީ ވަރީގެ ބަސް ތިން ފަހަރު ބުނެގެން ވަރިކުރާ މަދު ގައުމުތަކުގެ ތެރޭން ގައުމެކެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ "ޓްރިޕްލް ތަލާގު (ތިން ފަހަރު ވަރިކުރުން) ގެ މައްސަލަ ކުރިމަތިވި ފަސް އަންހެނަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ދެ ޖަމާއަތަކުންނެވެ.
ވަރިއާ ބެހޭ ގޮތުން އިންޑިއާގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ