އަބްދުﷲ ގާޒީއަށް ބިރުދައްކައި ގަޒްފުކުރި ކަމަށް ބުނާ މީހެއްގެ މައްސަލަ ހުޅުމާލޭ ކޯޓުގައި ބަލަނީ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އަށް ބިރުދައްކައި ޒިނޭގެ ތުހުމަތުކުރި ކަމަށް ބުނާ މީހެއްގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިގެން ކުރިއަށް އެބަ ގެންދެ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގަ ދައުލަތުން ދައުވާ އުފުލާފައިވަނީ މ. އަހިގަސް، އަލީ ނަސީމުގެ މައްޗަށް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ ދައުވާ އަކީ ޖޫން ،7 2011 ގައި އަބްދުﷲ ގާޒީ ކްރިމިނަލް ކޯޓުގެ ބައެއް ގާޒީންނާ އެކު މަގުމަތިން ވަޑައިގަންނަވަނިކޮށް އަލީ ނަސީމު ސައިކަލެއްގައި ދަމުން އަބްދުﷲ ގާޒީއަށް ބިރުދައްކައި ގަޒްފުކޮށްފައިވާ ކަމަށް ބުނެ އުފުލާފައިވާ ދައުވާއެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތަކެއް ހުޅުމާލޭ ކޯޓުގައި ބާއްވާފައިވާ ކަމަށާއި ދައުލަތުން އުފުލާފައިވާ ދައުވާއަށް ޝަރީއަތުގައި އަލީ އިންކާރުކޮށް ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަށް އެދިފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މި ދައުވާ ހުޅުމާލޭ ކޯޓަށް ހުށަހެޅީ ދައުވާގައި ބުނާ ހާދިސާއާ ގުޅިގެން ހެކިންގެ ގޮތުގައި ތިއްބެވީ ކްރިމިނަލް ކޯޓުގެ ބައެއް ގާޒީން ކަމަށް ވުމާ އެކު މަސްލަހަތު ފުށު އަރާތީ ސުޕްރީމް ކޯޓުން ދިން ލަފާގެ މަތިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ