މައުމޫން އޮފީހުގައި ނަގާފައިވާ ދިދަ އާއި ނަން ބޯޑް ނަގަން އަންގައިފި

ހ. ތެމާގައި ހުންނަ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހުގައި ހުރި ޕީޕީއެމްގެ ދިދަ އާއި ނަން ބޯޑް ނަގަން ފުލުހުން އަންގައިފި އެވެ.
ފުލުހުން އެގޮތަށް އަމަރުކޮށްފައިވަނީ ރޭ ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރު ތަންފީޒުކުރުމަށެވެ. ފުލުހުން އަންގާފައިވަނީ މިއަދު 18:00 ގެ ކުރިން ދިދަ އާއި ނަން ބޯޑް ނެގުމަށެވެ. ނަމަވެސް އަދި ދިދަ އާއި ނަން ބޯޑް ނުނަގަ އެވެ. އެ ސަރަހައްދަށް މިހާރު ވަނީ ބައެއް މީހުން އެއްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ