ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ހުށަހެޅި ދައުވާތައް ހައިކޯޓުން އަނބުރާ ފޮނުވާލި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ޖިހާދުގެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލި ނިންމުން މުރާޖައާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށްވެސް ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންވެސް ނިންމީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ.
މިހާރު ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެއީ މިދިިޔަ ބުރާސްފަތި ދުވަހުއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ، ޖިހާދު ދިރިއުޅުއްވާ ގޭގެ އެޑްރެސް ސާފު ނުކުރެވޭތީ ޗިޓު ހަވާލު ނުކުރެވިގެންނެވެ.
ޕީޖީ އޮފީހުން ފޮނުވި އެޑްރެހުގައި ޖިހާދު ދިރިނޫޅުއްވާކަމަށް އެ ގެއަށް ޗިޓު ހަވާލު ކުރަމަށް ދިއުމުން ބުނެފައި ވާތީ، މައްސަލަ ބޭރުކޮށް ހައިކޯޓުން ބުނީ އެ އިންތިޒާމު ހަމަޖައްސައި، އޭނާ ދިރިއުޅޭ ގެ ސާފު ކުރުމަށް ފަހު މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެހެން ނަމަވެސް އޮކްޓޯބަރު 13 ގައި އެ މުއްދަތު ހަމަވެފައިވާތީ، އެ ކޯޓުން ނިންމީ އަލުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށެވެ. ޖިހާދު ރާއްޖެއަށް ވަޑައިގަތުމުން މައްސަލަ ހުށަހެޅިއިރު މުއްދަތު ހަމަވިތާ 15 ދުވަސް ވަނީވެފަ އެވެ.
ޖިހާދުގެ މައްސަލަ ބަލައިނުގަތުމަށް ނިންމުމުން ދައުލަތުން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ