ވޯލްޑް ކަޕުގައި 96 އަހަރު ފަހުން ފުރަތަމަ ފަހަރަށް ހަތަރު ލަނޑު ޖަހައިގެން މި ފަހަރުގެ މުބާރާތް ބާއްވާ މައި ގައުމު އެމެރިކާއިން ފެށުން ރަނގަޅު ކޮށްފި އެވެ.
އެމެރިކާގެ މަޝްހޫރު ސޯފީ ސްޓޭޑިއަމުގައި ޕެރަގުއޭ ކޮޅަށް ޖެހި މި ހަތަރު ގޯލާއެކު ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އުފަލުން ފޮޅިފަ އެވެ. މެޗަށް ފަހު އޭނާ ބުނީ މިއީ މުޅިން އައު ފެށުމެއް ކަމަށާއި މިއީ މުޅި ޓީމު ގުޅިގެން ހޯދި ކާމިޔާބީ އެއް ކަމަށެވެ.
"މިއީ މުޅި ޓީމުގެ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ. މި ސަޕޯޓަރުން މިގޮތުގައި ތިބެފިނަމަ އަހަރުމެން އަދިވެސް މިފަދަ ތަފާތު ކަންތައްތައް ކޮށްލާނަން،" ޓޮޓެންހަމަށް ކުރިން ކޯޗުކޮށްދިން އާޖެންޓީނާގެ ކޯޗު ބުންޏެވެ.
ތުރުކީ އާއި އޮސްޓްރޭލިޔާ ވެސް ހިމެނޭ ގްރޫޕް ޑީގައި ހޯދުނު މޮޅާމެދު މާބޮޑަށް ވިސްނަން ކުޅުންތެރިންނަށް އޭނާ ހުރީ ހިތްވަރު ދޭގޮތަކަށް ނޫނެވެ.
"މިކަމާމެދު އެ މީހުން މާބޮޑަށް ވިސްނާނަމަ އަހަރެން ބުނަން އޮތީ އެންމެ ވާހަކަ އެއް. މިއީ އަދި މުބާރާތުގެ ފެށުމެއް. މުބާރާތް އަދި ކުރިއަށް އޮތީ. މުޅި ޓީމު އެކުގައި މާގިނަ ދުވަސްތަކެއް ނުލިބޭ ފުރިހަމަ އަށް ތައްޔާރުވާން. އެކަމަކު އަހަރުމެން މިތިބީ އެމެރިކާ މީހުން އުއްމީދުތައް ހާސިލް ކޮށްދޭން. އެމެރިކާ މީހުންނަކީ އުއްމީދު ކުރާ ބައެއް. އެ މީހުންނަށް އެ ފުރުސަތު އެބައޮތް،" ކޯޗު ބުންޏެވެ.
ޕެރަގުއޭގެ ކޯޗު ގުސްޓާވޯ އަލްފާރޯ ބުނީ މިހާތަފާތު ބޮޑުކޮށް ބަލިވުމަކީ އެއްގޮތަކަށް ވެސް އުއްމީދު ކުރި ނަތީޖާއެއް ނޫން ކަމަށެވެ.
96 އަހަރު ފަހުން އެމެރިކާ ހެއްވާލީ ހަތަރު ލަނޑުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ