އުރީދޫގެ ’ހިނގާ‘ ޕްރޮމޯޝަން: ދެވަނަ އޭޓީވީގެ ނަސީބުވެރިއަކަށް ވަރުދާ އަހުމަދު ހޮވިއްޖެ

އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ ’ހިނގާ‘ އޭޓީވީ ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިއަކަށް ކ. މާލެ، ވަރުދާ އަހުމަދު ހޮވިއްޖެއެވެ. މިއީ އުރީދޫގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ ގޮތުން އެއް އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.
މި ޕްރޮމޯޝަންގެ ދަށުން 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާއިރު، ވަރުދާ އަހުމަދަކީ މި ފުރުސަތު ކާމިޔާބުކުރި ދެވަނަ ކަސްޓަމަރެވެ. 20 ދެސެމްބަރު 2025 ގައި ފެށި މި ޕްރޮމޯޝަން 31 ޑިސެމްބަރު 2026 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.
އުރީދޫއިން ބުނިގޮތުގައި ކޮންމެ ދެ މަހަކުން އެއްފަހަރު ބާއްވާ ގުރުއަތުލުމުގައި، ހޮވޭ ކޮންމެ ނަސީބުވެރިއަކަށް އޭޓީވީއެއް ލިބޭނެއެވެ. މީގެ އިތުރުން، ކުރީގެ ގުރުއަތުލުންތަކުގައި ހޮވޭ ނަސީބުވެރިންނަށް ވެސް ޕްރޮމޯޝަންގެ އެންމެ ފަހު ގުރުއަތުލުން ނުވަތަ ’ގްރޭންޑް ޕްރައިޒް‘ ގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
މި ގުރުއަތުލުމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ހިދުމަތެއް ބޭނުންކުރުން ހިމެނެއެވެ. އަދި ގުރުއަތުލުމުގެ ކުރިން އަންނަ 60 ދުވަހުގެ ތެރޭގައި، މަހަކު މަދުވެގެން 400 ރުފިޔާ އުރީދޫގެ ޚިދުމަތްތަކަށް ޚަރަދުކޮށްފައިވާންޖެހޭނެއެވެ. ހަމައެއާއެކު، ގުރުއަތުލާ ދުވަހާ ހަމައަށް އެ ކަސްޓަމަރެއްގެ ޚިދުމަތް މެދުނުކެނޑި އެކްޓިވްކޮށް ހުރުމަކީ ވެސް ލާޒިމު ކަމެކެވެ.
މި ޕްރޮމޯޝަންގެ ދަށުން މިހާރު ބާކީ އޮތީ ހަތަރު އޭޓީވީއެވެ. އުރީދޫގެ މި ހަރަކާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކުންފުނީގެ ކަސްޓަމަރުންނަށް އިތުރު އުފާވެރިކަމާއި ފައިދާ ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ކެމްޕޭނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ