އެމްޑީޕީގައި ނެތް ހިތްވަރެއް އަޅުގަނޑުގެ ގަޔަކު ނެތް: ނަޝީދު

ރާއްޖޭގެ ހާލަތު ބަދަލުކުރުމަށް އިދިކޮޅުން ފަށާފައިވާ މަސައްކަތް ކާމިޔާބުކުރެވޭނީ ކުރީގެ ޖޯޝާއި ހިތްވަރުގައި މުޅި އެމްޑީޕީ ތެދުވެގެން ކަމަށާއި އެ ޕާޓީގައި ނެތް ހިތްވަރެއް އެމަނިކުފާނުގެ ގަައިގާ ވެސް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. 
ވީ ކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަަން ކަމަށް ކުރިމަތިލައްވައި ކެމްޕޭންތައް މިހާރު ކުރައްވަމުންދާ ނަޝީދު މިހެން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގައި މިރޭ ބޭއްވި އެމަނިކުފާނުގެ ކެމްޕޭން ޖަލްސާގަ އެވެ.
ބުނީ ކީކޭ؟ - އެ ޕާޓީގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލީ ދަރަނި އަދާކޮށް ރާއްޖެ ސަލާމަތުގެ އަށްސޭރިއަކަށް ގެންދަންވެގެން ކަމަށެވެ.
އެމްޑީޕީގެ ތެރެއިން ނޫނީ އެކަން ވާން ނެތްކަމަށާއި ކްލައިމެޓް ވަނަރަބަލް ފޯރަމުގައި ހުންނަވައިގެން އެކަން ވާން އޮތްނަމަ، އެ މަސައްކަތް ކުރީހީ އެތަނުގައި ހުންނަވައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް، އެކަންވާން އޮތީ އެމްޑީޕީ އަލުން ރުކުރަވާލައި ކުރީގެ ފޯރިއާ ޖޯޝުގައި ތެދުވެގެން ކަމަށް ނަޝީދު ވިދާޅުވި އެެވެ.
"ތިބޭފުޅުންގެ ބައިވެރިވުން ނެތިއެއް އަޅުގަނޑަކަށް ނެތް މި މަސައްކަތް ކުރެވޭކަށް. އަޅުގަނޑުގެ ގަޔަކު ނެތް މި ޕާޓީގައި ނެތް ހިތްވަރެއް އަދި ބުންވަރެއް. ތިބޭފުޅުންގެ ގައިގާ ހުރި ހިތްވަރެއް އަޅުގަނޑުގެ ގައިގައިވެސް ހުރީ،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް މީގެ ކުރިން ކުރެއްވި ނަޝީދު ވިދާޅުވީ، 2028ގެ ރިޔާސީ އިންތިހާބު ކޮންމެހެން ވެސް ކާމިޔާބު ކުރަންޖެހޭ ކަމަށާއި އެ ކާމިޔާބީ ހޯދުމަށް އޮތް މުވައްސަސާއަކީ އެމްޑީޕީ ކަމަށެވެ. އެކަމަށްޓަކައި އެ ޕާޓީއަށް 160،000 ވޯޓު ހޯދަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. 
އަދި، އެކަމަށްޓަކައި ކުރަން އޮތީ ބުރަ މަސައްކަތެއް ކަމަށާއި އެންމެން އެކުގައި ގުޅިގެން ނޫނީ އެކަން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ކަން ދިމާކުރިގޮތުން ތިބޭފުޅުން އުފައްދާފައި ހުރީ މިކަހަލަ އެކަތި. މާބައިވަރެއް ނެތް. އެއީ ތިބޭފުޅުން އުފެއްދި އެއްޗެއް އަޅުގަނޑަކީ. ބޭނުމަކީ މި އިންޖީނު އަޅައިގެން ދުއްވުން. އަޅުގަނޑަށް ވެސް މާ ފަސޭހަވީސް މި ކެނަރީ ގޭގައި އޮންނަން. ނަމަވެސް މިއީ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި ކުރަންޖެހޭ މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ