ރާއްޖެއިން ނައްތާލާފައިވާ މެލޭރިއާއަށް ރާއްޖޭގައި ހުރި އިންޑިއާ މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ނައްތާލާފައިވާ މެލޭރިއާއަށް ރާއްޖޭގައި ހުރި އިންޑިއާ މީހަކު ޕޮޒިޓިވްވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަދިރީގެ ޒަރިއްޔާއިން ފެތުރޭ މެލޭރިއާއަށް އެމީހާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ މިދިޔަ ހަފްތާގައި ޑޮކްޓަރަށް ދެއްކުމުންނެވެ. އޭނާއަކީ މި އަހަރުގެ ޖެނުއަރީން ފެށިގެން ރާއްޖޭގައި އުޅޭ މީހެއް ކަމަށްވާއރު އޭނާއަށް ޖެހިފައިވަނީ މެލޭރިއާގެ ނުރައްކާ ކުޑަ ވައްތަރެއްކަމަށް މައުލޫމާތު ލިބިއެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.
މެލޭރިއާ ރާއްޖެއިން ނައްތާލީ 2015 ވަނަ އަހަރުއެވެ. އެ އަހަރު މެލޭރިއާ ނައްތާލާފައިވާ ގައުމެއްކަން ކަނޑައަޅައި އެކަމުގެ ލިޔުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ