އެއްވެސް މީހަކަށް ހަމާދޭން ނޫޅުއްވާ ކަމަށާއި ސިޔާސީ ކަންކަމުގައި އަބަދުވެސް ކުރި ހޯއްދަވާނީ ވޯޓުން ކަމަށް މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.
އަލީ ނިޔާޒް މިފަދައިން ވިދާޅުވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިއަދު ޓުވީޓް ކުރެއްވި ވީޑިއޯއެއްގައި ނިޔާޒު އެމަނިކުފާނަށް ހަމަލާދޭން އުޅުއްވާ ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ދެއްވި ރައްދެއްގައެވެ.
ނިޔާޒު ވިދާޅުވީ އޭނާއަކީ ކުޅިވަރު ކުޅުނު މީހެއް ކަމަށާއި ކުޅިވަރުގަ ދަސްވި އެއްކަމަކީ މޮޅުވުމާއި ބަލިވުން އޮންނަ ކަން ކަމަށެވެ. އަދި ކޮންމެ ފަހަރަކު މޮޅު ނުވާނެ ކަމަށާއި ބަލިވާ ފަހަރު ބަލި ގަބޫލު ކުރަންވާނެ ކަމަށް ވިދާޅުވެ ނިޔާޒް ވިދާޅުވީ ބަލި ގަބޫލުކުރުމަކީ ރީތި ސިފައެއް ކަމަށެވެ. އަދި އެއްވެސް މީހަކަށް ހަމަލާދޭން ނޫޅޭ ކަމަށާއި ބަލިކުރާނީ އަބަދުވެސް ވޯޓުން ކަމަށް ނިޔާޒް ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދަން ނަޝީދު ހުރަސް އަޅުއްވާ ކަމަށް ބުނެ ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވެއްދުމަށް އެމްޑީޕީން މިހާރު ތައްޔާރުވަމުން އަންނައިރު ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑީއޯތަކުގައި ނަޝީދާއި އެމްޑީޕީ މެންބަރުންގެ މެދުގައި މަޖިލިސް ތަޅުމުގައިއާއި ތަޅުމުން ބޭރުގައި ވެސް ގިނަ ޒުވާބުތަކެއް ވަނީ ހިނގާފައެވެ.
ސަރުކާރު ހިންގާ މައި ޕާޓީގެ އިސް ލީޑަރުންކަމުގައިވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައީސް ނަޝީދާއި ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތައް ބޮޑުވެ އެމަނިކުފާނުވަނީ މިހާރު އައު ޕާޓީއެއްވެސް އުފައްދަވާފައެވެ. އެހެންނަމަވެސް އަދި އެމަނިކުފާނު އެމްޑީޕީން ވަކިވެވަޑައި ނުގަންނަވައެވެ.
މެމްބަރު ނިޔާޒް ނަޝީދަށް: ހަމަލާދޭކަށް ނޫޅެން، ބަލިކުރާނީ ވޯޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ