ރައްޔިތުންގެ މަޖިލީސް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޭޕްރިލް 15 ގައި

ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައިއިލެކްޝަން އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
މިކަން އިއުލާން ކުރައްވަމުން ކުރެއްވި ޓުވީޓުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުން މާދާމާއިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. ފޯމު ބަލައިގަތުމަށް އޮންނަ މުއްދަތަކީ ހުޅުވާލާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ މިމަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ. ރިޒާ އަވަހާރަވީ މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. މިއީ ރިޒާ އެ ދާއިރާގެ މެމްބަރުކަން ކުރައްވާތާ 3 ވަނަ ދައުރެވެ.
ގުރައިދޫ ދާއިރާގައި ތިން ރަށެއް ހިމެނެއެވެ. އެއީ ގުރައިދޫގެ އިތުރުން މާފުއްޓާއި ގުޅިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ