ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން ބީއެމްލްގެ ޑޮލަރުތައް ފޭރުނުތާ މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސްވީއިރު، އަދިވެސް އެ ފައިސާތައް ނުހޯދޭ ކަން 'ދައުރު'އަށް އެނގިއްޖެ އެވެ. 
ވީ ކިހިނެއް؟ - މޫނު ނިވާކޮށްގެން ތިބި ބަޔަކު ވީއައިއޭ ތެރޭން މި ޑޮލަރުތައް ފޭރިގެންފައި ވަނީ، މިދިޔަ ހަފްތާ ހޯމަ ދުވަހު ފަތިހުގެ ވަގުތެއްގަ  އެވެ. ހަމަ އެ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ފަސް މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. 
ތަފްސީލު - އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް މިއަދު ކަށަވަރުކޮށްވެފައިވާ ގޮތުގައި އަދި މިހާތަނަށް މި ފޭރުމުގެ ތެރެއިން ނެގި ފައިސާތައް ފުލުހުންގެ ތަހުގީގަށް ނުހޯދެ އެވެ.
'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ފޭރުނު ބްރީފްކޭސްގައި ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުންނާނެ އެވެ. އެއީ 15.42ރ.ގެ ރޭޓުން ބަލާ ނަމަ 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ހަަތަރު މީހުންނަކީ: 
މާޒިން މޫސާ، 25، ރޭޝަން/ލ. މާވަށް
އަހުމަދު ރައިހާން ނައީމް، 20، މ. ކޯރަސް
އިބްރާހިމް އަނޫފް، 24، އަޅިވިލާގެ/ކ. ގުރައިދޫ
ހުސެން ޝަހުދު، 30، އަޅިވިލާގެ/ކ. ގުރައިދޫ
އެމީހުން ހައްޔަރުކޮށް ފުރަތަމަ ކޯޓުން ބަންދަށް ދިނީ، ފަސް ދުވަހެވެ. އެ މުއްދަތު ހަމަވެގެން، ދެވަނަ ފަހަރަށް ބަންދަށް ގެންދިޔުމުން އެ ހަތަރު މީހުން ވެސް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. 
ފާހަގަކޮށްލެވޭ ކަމެއް - އެ ހަތަރު މީހުން ވެސް ފުލުހުން ހައްޔަރުކޮށްފައި ވަނީ، ކ. ހުރާއިންނެވެ. ހުރާއަށް އެމީހުން ގޮސްފައިވަނީ މި ވައްކަން ކުރަން ބޭނުން ކުރި ލޯންޗުގައި އެ ދުވަހު ހެނދުނު 7:45 ހާއިރު އެވެ.
    
    އެއާޕޯޓުން ޑޮލަރު ފޭރުނުތާ ހަފްތާއެއް؛ އަދިވެސް ފައިސާ ނުހޯދޭ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ