ސީޔޫޕީ: ގެސްޓްހައުސް މެނޭޖްމެންޓް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ)ގެ ދަށުން ގެސްޓްހައުސް މެނޭޖްމެންޓް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
އއ. އުކުޅަސްގައި ހިންގި މި ކޯސް ފުރިހަމަ ކުރި 13 ޒުވާނުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ޖަވާޒްއެވެ.
ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް މި މިނިސްޓްރީން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މަގްސަދުގެ ތެރޭގައި ކޮންމެ ޒުވާނަކީވެސް ހުނަރުވެރި މަސައްކަތެއް ކުރަން ދަންނަ ޒުވާނަކަށް ހެދުމާއި ސްކޫލް މަރުހަލާ ނިންމާފަ ނުވަތަ ތަފާތު އެކި ސަބަބުތަކާއި ހުރެ ސްކޫލް މަރުހަލާ ނުނިންމާ ވަކިވެފައި ތިބި ޒުވާނުންނަށް ހާއްސަ ހުނަރެއް ދަސްކޮށްދިނުން އަދި ޒުވާނުންނަށް ވަޒީފާ ހޯދުމަށް އިތުރު ދޮރެއް ހުޅުވައިދީ އަދި އަމިއްލަ މަސައްކަތެއް ފަށައިގަންނަން ބޭނުންވާ ޒުވާނުންނަށް އެކަން ކުރުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.
 
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ