ސެކްޓާ ލީގުގެ ފުރަތަމަ މޮޅު ހޯކްސް އާއި ސޮނީ ހާޑްވެއާ އަށް ސެކްޓާ ލީގުގެ ފުރަތަމަ މޮޅު ހޯކްސް އާއި ސޮނީ ހާޑްވެއާ އަށް

ކްލަބް މޯލްޑިވްސް އިން ޕްރައިވެޓް ކުންފުނިތަކަށް ހާއްސަކޮށް މުޅިން އަލަށް ފެށި ފުޓްސަލް މުބާރާތް، މައިލޯ ސެކްޓާ ލީގުގެ ފުރަތަމަ މެޗުތަކުން ހޯކްސް އާއި ސޮނީ ހާޑްވެއާ މޮޅުވެއްޖެ އެވެ.
ކްލަބް މޯލްޑިވްސްގެ ފުޓްސަލް ސީޒަނުގެ ހަ ވަނަ މުބާރާތް ކަމަށްވާ ސެކްޓާ ލީގަކީ މި އަހަރު މުޅިން އަލަށް ފެށި މުބާރާތެކެވެ. ޕްރައިވެޓް ކުންފުނިތަކަށް ފެށި މި މުބާރާތުގައި މި ފަހަރު 15 ޓީމަކުން ވާދަކުރެ އެވެ. ތިން ގްރޫޕަކަށް ބެހިފައިވަނީ، ގްރޫޕެއްގައި ފަސް ޓީމު ހިމެނޭ ގޮތަށެވެ.
އެ ގޮތުން، ގްރޫޕް އޭގައި ރޭ ހޯކްސް އިން ވަނީ 3-0 އިން ލިއޯ އެފްސީ އަތުން މޮޅުވެފަ އެވެ. ހޯކްސްގެ ލަނޑުތައް ޖެހީ، އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) ދެ ގޯލުގެ އިތުރުން، ރަޝްޝާފް މުހައްމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހޯކްސްގެ އުލޫފް އަހުމަދު އެވެ.
ގްރޫޕް ބީގައި ކުޅުނު މެޗުން، ސޮނީ ހާޑްވެއާ އިން ވަނީ ސިމްޑީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 6-0 އިން މޮޅުވެފަ އެވެ. މި މެޗުގައި ސޮނީގެ ރައުލް ނިޔާޒް ވަނީ ހަތަރު ގޯލު ޖަހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަދި، އަނެއް ދެ ލަނޑު ޖެހީ، އަހުމަދު އަޒާފް އާރިފް އާއި މުހައްމަދު މާއިސް އަލީ އެވެ.
ސެކްޓާ ލީގުގައި މިރޭ ހަތަރު މެޗެއް ކުޅޭ ގޮތަށް ވަނީ ހަަމަޖެހިފަ އެވެ. އެއީ އަލިބޭ އެފްސީ އާއި ކްލަބް ލޯކަލްޗާގެ މެޗާއި، އާރްސީސީ އާއި އެމްއައިބީއެސްއޭގެ މެޗާއި ސިލްވާ ސޭންޑްސް އާއި ޓީމު ވިލާގެ މެޗު އަދި ބިއޯންޑް އާރްސީ އާއި އެރީނާ ހޮޓެލްސް ކުޅޭ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ