އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ރިވިއުގައި ރާއްޖޭން ބައިވެރިވަނީ

އދ.ގެ މެންބަރު ގައުމުތަކުގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދެވިފައިވާ މިންވަރާ ބެހޭ ގޮތުން ރިވިއުުކުރުމަށް ބާއްވާ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް)ގެ 50ވަނަ ސެޝަން، ރާއްޖޭގެ ބައިވެރިވުމާއެކު އިއްޔެ ޖެނީވާގައި ފަށައިފިއެވެ. ފޮރިން މިނިސްޓްރީން ބުނީ، މި މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސެޝަންގެ ތެރެއިން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން 14 ގައުމެއްގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދެވިފައިވާ ގޮތް ވަޒަންކުރާނެ ކަމަށެވެ. އެ ގައުމުތަކުގެ ތެރޭ، ދިވެހިރާއްޖޭ، ޔޫރަޕުގެ ކުޑަ ގައުމެއް ކަމަށްވާ އެންޑޯރާ، ބެލަރުސް، ބަލްގޭރިއަ، ކްރޮއޭޝިއާ، ހޮންޑުރަސް، ޖަމައިކާ، ލީބިޔާ، ލީބިޔާ، ލައިބީރިއާ، މަލާވީ، މޮންގޯލިއާ، މާޝަލް އައިލޭންޑްސް، ޕަނަމާ އަދި އެމެރިކާ ހިމެނެއެވެ. މިއީ ރާއްޖޭގެ ހާލަތު ރިވިއުކުރުން އޮންނާނީ މާދަމާއެެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއިން އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއެރުވުމުގެ ގޮތުން މަސައްކަތްކުރާ ކަމާމެދު ބައިނަލްއަގްވާމީ ދުނިޔެއަަށް އިތުރު ޔަގީންކަމެއް ދިނުމަށް ލިބޭނެ މުހިންމު ފުރުސަތެކެވެ. ރާއްޖެއިން މިފަހަރުގެ ރިވިއުގައި ބައިވެރިވާއިރު، އެހެން ގައުމުތަކުގެ ހާލަތާ ގުޅޭގޮތުން ރާއްޖޭގެ ވަފުދުން ލަފާ ވެސް ދޭނެއެވެ. ކޮންމެ ގައުމެއް ރިވިއުކުރަން "ޓްރޮއިކާ"ގެ ނަމުގައި ތިން މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ ގްރޫޕެއް ހަދައެވެ. ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ހޮވާފައިވަނީ މި ސެޝަންގައި ޖެމެއިކާ ރިވިއު ކުރުމަށް ޓްރޮއިކާގައި މަސައްކަތް ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ