މާދަމާއިން ފެށިގެން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އެއް ކިލޯއިން މަތީގެ މަސް 16ރ އަށް ގަންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ މަސްވެެރިންގެ ދުވަސް ފާހަގަކުރަން މިރޭ ރ. ދުވާފަރުގައި ކުރިއަށްދާ ޖަލްސާގައި ރައީސް ވިދާޅުވީ މިހާރު އެ އަގުގައި ގަންނަނީ ދޮޅު ކިލޯއިން މަތީގެ މަސް ކަމަށާއި ނަމަވެސް މާދަމާއިން ފެށިގެން އެއް ކިލޯއިން މަތީގެ މަހަށް ވެސް އެންމެ މަތީ ރޭޓުގައި މަސް ގަންނަން ނިންމާފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - "މިއަދުން ފެށިގެން ގެންނަ މައިގަނޑު ބަދަލަކީ ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ ރޭޓުގައި މަސް ގަންނަ ގޮތަށް ބަދަލުކުރުން،" ރައީސް ވިދާޅުވި އެވެ.
"އެންމެ ދަށްވެގެން 16ރ.އަށް ގަންނަ ގޮތަށް މިފްކޯއިން މާދަމާއިން ފެށިގެން ފަށާނެ. މާނައަކީ އެ ދުވަހަކު މިފްކޯއަށް 17ރ. އަށް ގަނެވެންޏާ، 18ރ.އަށް ގަނެވެންޏާ އަދި އެއަށް ވުރެ ވެސް މަތީ އަގަކަށް ގަނެވެންޏާ މިފްކޯއިން ކަނޑައަޅާނެ. އެންމެ ދަށްކޮށް 16ރ. އަށް."
މީގެ އިތުރުން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ ރޭޓު ވެސް ހެޔޮކޮށް، އެކަން ރައީސް މިރޭ އިއުލާނުކުރެއްވި އެވެ.
އެ ބަދަލާ އެކު މާދަމާއިން ފެށިގެން މަސްވެރިންނަށް ވިއްކާ ތެލުން އެވްރެޖުކޮށް 51 ލާރި އަގު ހެޔޮވާނެ އެވެ. އަދި ތިން ޓަނަށް ވުރެ އިތުރަށް މަސް ކިރާ ނަމަ ތެޔޮ ލިޓަރަކުން އެވްރެޖުކޮށް 71 ލާރި ހެޔޮވާނެ އެވެ.
އެއީ:
މަސްކިރާ ހުރިހާ ދޯނިތަކަށް 13.90ރ އަށް
3 ޓަނަށް ވުރެ އިތުރަށް ކިރާ ދޯނިތަކަށް 13.72ރ
އާންމުނަނަށް14.43ރ އަށް ތެޔޮ ލީޓަރެއް ވިއްކާނެ
ރައީސް ވިދާޅުވީ
ބޭނުންފުޅުވަނީ މަސްވެރިންނާ ގާތުން މަސައްކަތް ކޮށް، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުން ކަމަށް
އެ މަސައްކަތްތައް ކުރިއަށް ގެންދަވާއިރު މަސްވެރިންގެ އެއްބާރުލުމަށް ރައީސް އެދިވަޑައިގެންނެވި
މަސްވެރިކަމުގެ ސިނާއަތަށް ސިޔާސީ އޮއިވަރު ވައްދައިގެން އުޅޭ އުޅުމަށް ޖާގަ ނުދިނުމަށް އެދިވަޑައިގެންނެވި
ހުސް ދިވެހިން މަސައްކަތް ކުރާ ސިނާއަތަކަށް މަސްވެރިކަން ހަދަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި
މާދަމާއިން ފެށިގެން 1 ކިލޯއިން މަތީގެ މަސް ވެސް 16ރ. އަށް ގަންނާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ