މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ވެސް ދަންމާލައިފި

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ވެސް މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ، ދަންމާލައިފިއެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރު ދަންމާލަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އެވެ. އަބްދުއްރަހީމް ހުށަހެޅުއްވި ގޮތަށް ދައުރު ދަންމާލަން މިއަދު ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓުދެއްވީ ދައުރު ދަންމާލުމަށެވެ. ދައުރު ދަންމާލަން ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓު ދެއްވިއެވެ. https://sun.mv/214440 ބެލެވޭ ގޮތުގައި މި ދައުރު ދަންމާލަން މަޖިލީހުން ފާސްކުރަން މަސައްކަތް ކުރަނީ, އަތޮޅު ކައުންސިލްތައް އުވާލަން ކަމާގުޅުންހުރި ގާނޫނުތަކަށް ހުށަހެޅި އިސްލާހުތަކުގެ މަސައްކަތް ނިންމުމަށެވެ. މި ވަގުތު ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކުން ދިރާސާކުރަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ މަސައްކަތް ނިމިފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން ދައްކައެވެ. ނަމަވެސް، މަޖިލީހުގެ ވެބްސައިޓަށް ކޮމިޓީން މަސައްކަތް ނިންމިގޮތުގެ ރިޕޯޓު އަދި ނުލައެވެ. މިކަމާ ގުޅިގެން އެ ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތްކުރާ ވަގުތީ ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާއި ނައިބު މުގައްރިރު މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރުގެ ބަހެއް ލިބޭ ގޮތެއް ނުވުމުން، ދައުރު ދަންމާލަނީ މި މަސައްކަތް ކުރުމަށްކަން ނުވަތަ ނޫންކަން ސާފެއްނޫނެވެ. ފާހަގަކުރެވޭ ގޮތުގައި އަތޮޅު ކައުންސިލްތައް އުވާލަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ގާނޫނުއަސާސީ އިސްލާހުކުރަންވެސް ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ