ބަސްބުނުމުގައި ޢަދުލުވެރިވުމަށް ގޮވާލައްވައިފި

އިސްލާމްދީން ގޮވައިލަނީ ބަސްބުނުމުގައި ޢަދުލުވެރިވުމަށްކަން ފާހަގަކުރައްވާ، އެހެން މީހުންނަށް ކުރިމަތިވާ ބަލިމަޑުކަމާއި ތަދުމަޑުކަމާމެދު އުފާނުކުރުމަށް މިއަދު ޚުޠުބާގައި ގޮވާލައްވައިފި އެވެ.ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ "އަމިއްލަ ނަފުސު އިޞްލާޙުކުރަން އިސްކަންދިނުން" މި މަޢުޞޫއަށެވެ.ޚުތުބާގައި ވިދާޅުވެފައި ވަނީ އިސްލާމް ދީނަކީ އިންސާނާ މާތް ކުރައްވާއި، އޭނާގެ އަމިއްލަ ނަފްސު ރައްކާތެރި ކުރެއްވި ދީން ކަަމަށެވެ. އަދި އިންސާނުންގެ ކަރާމާތަށް އުނިކަން ލިބިދޭ ކަންކަމުން އޭނާގެ ނަފްސު ސަލާމަތްކޮށް ރައްކާތެރި ކުރުމަށް އިސްލާމް ދީން ބާރުއަޅުއްވާކަމަށް ޚުތުބާގައި ވެއެވެ. އަދި ހައްގަކާއި ނުލާ މުސްލިމް އަޙާގެ ނަފްސުގެ ކަރާމަތާއި އިއްޒަތް ނަގާ ނުލުމަށް އިސްލާމް ދީން ވަރަށް ބާރު އަޅާ ކަމަށް ޚުތުބާގައި ވެއެވެ."އެހެންމީހުންގެ ކުށްތަކާއި، އައިބުތަކާއި، އުނިސިފަތައް ހޯދައި، ކަޝްފު ކުރުން ވަނީ މަނާ ކުރައްވާފައެވެ. ސަބަބަކީ އެއީ އިންސާނާގެ ދުނިޔެއާ އާހިރަތް ފަސާދަ ކުރާ ބަލި މަޑުކަމަކަށް ވުމެވެ. އެހެނީ މިފަދަ މީހުންނަށް ތިމާމެންގެ އުނި ސިފަތަކެއް ނުފެނެއެވެ. އަބަދުވެސް ފެންނަނީ އަނެކުންގެ އުނި ސިފަތަކެވެ". ޚުތުބާގައި ވެއެވެ.ޚުޠުބާގައި ބުނީ، ރަސޫލާއަކީ ޛިކުރު ކުރެއްވުމުގައި އެފަދަ ދެވަނައެއް ނުވާ ނަމޫނާ ބޭކަލެއް ކަމަށާއި އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅަކީ ޛިކުރު ކަމަށެވެ.ޛިކުރުކުރާ މީހާއާއި ޛީކުރު ނުކުރާ މީހެއްގެ މިސާލު ޖައްސަވާފައި ވަނީ، ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލުން ކަމަށް ޚުޠުބާގައި ބުންޏެވެ.މީގެ އިތުރުން ޚުޠުބާގައި ބުނީ، އަހަރެމެންނަށް ދުނިޔެއާއި އާޚިރަތުގެ ސަލާމަތުގެ މަގު ދެއްކެވުމަށްޓަަކައި އަހަރެމެންގެ ގާތަށް ފޮނުއްވި ރަސޫލާގެ ސީރަތުން ފިލާވަޅާއި ދަރުސްތައް ހާސިލު ކުރަން ޖެހޭ ކަމަށެެވެ.މުސްލިމުންގެ ދިރިއުޅުމުގެ ހަޔާތުގައި، ބަލަންޖެހޭ އެންމެ ފުރިހަމަ ނަމޫނާއަކީ މުޙައްމަދުގެފާނު ކަމަށާއި އެކަލޭގެފާނަށް ކިޔަމަން ގަތުމަށް، މާތް ﷲ އަހަރެމެންނަށް އަންގަވާފައިވާކަމަށް ޚުޠުބާގައި ބުންޏެވެ.ޚުޠުބާގައި ބުނީ، ކީރިތި ރަސޫލާގެ މުޅި ޙަޔާތްޕުޅަކީވެސް އަހަރެމެންނަށްވާ ނަމޫނާއެއް ކަމަށެވެ."އެކަލޭގެފާނުގެ މަތިވެރި ޝަޚްސިއްޔަތުގެ ކޮންމެ ފަރާތަކަށް ބެލިކަމުގައި ވިޔަސް، އެއީ ލާމަސީލު ނަމޫނާއެއް. ރަސޫލެއްގެ ގޮތުން ވިޔަސް، ޒައީމެއްގެ ގޮތުން ވިޔަސް، ބަފައިކަލެއްގެ ގޮތުން ވިޔަސް، ފިރިކަލެއްގެ ގޮތުން ވިޔަސް، އެދުރެއްގެ ގޮތުން ވިޔަސް، އޯގާތެރިކަމާއި މާފުކުރެއްވުމާއި ދީލަތިފުޅުކަމަށް ބެލިޔަސް އެއީ އިންސާނިއްޔަތަށް ލިބިގެންވާ މަތިވެރި ނަމޫނާއެއް،" ޚުޠުބާގައި ބުންޏެވެ.ޚުޠުބާގައި ބުނީ، ރަސޫލާ އަހަރެމެންނަށް އަންގަވާފައި ވަނީ، ރިވެތި އަޚުލާޤުން ޒީނަތްތެރި ވުމަށް ކަމަށާއި ހިނިތުންވުމާއެކު އަނެކުންނާ ބައްދަލު ކުރުމަށް ކަމަށެެވެ.ކީރިތި ރަސޫލާ މުސްލިމުންނަށް ގޮވާލައްވާފައި ވަނީ ކުރާ ކޮންމެ ކަމެއް ރަނގަޅަށް، ފުރިހަމައަށް ކުރުމަށް ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ކުރާ މަސައްކަތްތައް ރަނގަޅަށް ދަސްކޮށްގެން ކުރުމަށް ކަމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.އޭގެ ތެރޭގައި، ކުރާ މަސައްކަތްތައް ވަގުތަށް ނިންމުމާއި ގަޑިނުޖެހި މަސައްކަތަށް ދިއުން ހިމެނޭ ކަމަށް ޚުޠުބާގައި ބުންޏެވެ.އަނިޔާވެރިކަމަކީ ތަފާތު ސިފަސިފައިގައިވާ ކަމެއްކަން ފާހަގަކުރައްވަމުން މީގެ ތެރޭގައި ޢަމަލުންކުރާ އަނިޔާއާއި، ބަހުން ކުރާ އަނިޔާއާއި، ނަފްސާނީގޮތުން ކުރާ އަނިޔާއާއި، މީހުންގެ ޙައްޤުތަކަށް އަރައިގަތުން ހިމެނޭކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި މީހުންނަށް ފުރައްސާކުރުމަކީ އެމީހުންގެ ނަފްސަށް ދެވޭ އަނިޔާއެއްކަމަށް ވިދާޅުވިއެވެ. އެކަކު އަނެކަކަށް މަލާމާތްނުކުރުމަށް މާތް ﷲ އަމުރު ކުރައްވާފައިވަނީ ފުރައްސާރަކުރި މީހާއަށްވުރެ ފުރައްސާރަ ކުރެވުނު މީހާގެ ހެޔޮކަން ބޮޑުވެދާނެތީކަމަށް ޚުޠުބާގައި ވިދާޅުވިއެވެ."ﷲގެ އަޅުތަކުންނޭވެ، އެހެންމީހުންގެ އުނި ސިފަތަކާއިގެން އަވަދިނެތި އުޅުމުގެ ބަދަލުގައި އަމިއްލަ ނަފުސު އިޞްލާޙުކުރެވޭތޯ މަސައްކަތްކުރޭ. އަހުރެމެންގެ ކޮންމެ މީހެއްގެ ކިބައިގައިވެސް އުނި ސިފަތައް ހުންނާނެ. ޢައިބުތައް ހުންނާނެ. އެންމެންނަށްވެސް ކުށްކުރެވޭނެ. އިސްކަންދޭންވީ އަމިއްލަ ނަފުސު އިޞްލާޙުކުރުމަށް. އިސްލާމްދީން އަންގަވަނީ އެހެން މީހުންގެ ޢައިބުތައް ފޮރުވައި ވަންހަނާކުރުމަށް" ޚުޠުބާގައި ވިދާޅުވިއެވެ.މިއަދުގެ ހުކުރު ޚުޠުބާގައި މުޖުތަމަޢުގައި އެއްބައިވަންތަކަމާއި، އެކުވެރިކަން ޤާއިމުކުރުމުގައި ދުލަކީ ވަރަށް ވަރުގަދަ ވަސީލަތެއްކަމަށް ވިދާޅުވިއެވެ. ދުލުން ގޯނާކުރުމާއި ދުރުހެލިވުމުގެ މާނައަކީ ނެތިމޮށުމާއި، މަލާމާތްކުރުމާއި ފުރައްސާކުރުމާއި، ދެބައޮޑުވުންފަދަ ކަންކަމުން ދުރުހެލިވުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ތިމާގެ ދުލުން އެހެންމީހުންގެ ޙައްޤުތަކަށް އަރައިގަތުމާ ދުރުހެލިވުމާއި، މީސްތަކުންގެ ޙައްޤުތައް ނިގުޅައިގަތުމުން އެއްކިބާވެ، އެހެން މީހުންނަށް އަނިޔާވެރިވުމުގައި ތިމާގެ ދުލުން އެއްވެސް މީހަކަށް އެހީތެރިނުވުންކަންވެސް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ