ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ވަގުތުތަކުގައި ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށެެވެ.
ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރަނީ އިރުއުތުރު/ އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ރާއްޖޭގެ ކަނޑުތައް މަޑުވާނެއެވެ.
ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގެ އުސްމިނެއްގައެވެ.
މޫސުމަށް ސަމާލުވުމަށް މިވަގުތު އެލާޓެއް ނެރެފައި ނެތް ނަމަވެސް، ކަނޑުދަތުރުކުރައްވާ ނަމަ ދަތުރަށް ފެށުމުގެ ކުރިން އަބަދުވެސް އެންމެ ފަހުގެ މޫސުމީ މައުލޫމާތު މެޓު އޮފީހުން އޮޅުންފިލުވުން އެދެވިގެންވެއެވެ.
ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.
އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.
މޫސުން: ބައެއް ވަގުތުތަކުގައި ކެރީގެ އަސަރުކުރުން އެކަށީގެންވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ