ކޮރަޕްޝަންގެ ތުހުމަތެއް ސަރުކާރުން ނުކުރޭ، ލައްކަ ވާހަކަ އެބަހުރި: މުއާޒް

ސަރުކާރުން ކޮރަޕްޝަންގެ ތުހުމަތުތައް އޭނާގެ މައްޗަށް ނުކުރާ ކަމަށް، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި މަގާމުން އިސްތިއުފާދެއްވި ކަން ހާމަކުރައްވައި މުއާޒް ވިދާޅުވީ، ފެނަކައިގެ ހިންގުން ހަރުދަނާކުރުމަށް ކަމާބެހޭ އިދާރާތަކުން އެއްބާރުލުން ނުލިބޭ ކަމަށެވެ. ސަރުކާރަށް ތާއީދުކުރާ ބައެއް އެކައުންޓްތަކުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކެއްގައިވާ ގޮތުން މުއާޒް އިސްތިއުފާދެއްވީ ކޮރަޕްޝަންގެ ތުހުމަތުތައް އޮތުމުން އޭނާ އިސްތިއުފާދެއްވަން ސަރުކާރުން އެންގުމުންނެވެ.
އެގޮތުން މުއާޒަށް ކުރި ބައެއް ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ:
އޭގެ ޕޯސްޓެއް ހިއްސާކުރެއްވުމަށް ފަހު މުއާޒް ލިޔުއްވި ގޮތުގައި، ސަރުކާރުން އޭނާގެ މައްޗަށް ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ނުކުރެއެވެ. އަދި ސަރުކާރާ ގުޅޭގޮތުން 'ލައްކަ ވާހަކަ' ދައްކަން އެބަހުރި ކަމަށް ވެސް ލިޔުއްވާފައިވެއެވެ.
މިއަދު ރައީސަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި މުއާޒް ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ:
"މި ދެންނެވި ހާލަތުން އަރައިގަތުމަށްޓަކައި ކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭންތައް ވާނީ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް ހިއްސާ ކުރެވިފައެވެ. ނަމަވެސް މިކަމަށް އަލިމަގެއް މިއަދާ ހަމައަށް ވެސް ފެނިފައިނުވާ ވާހަކަ ދެންނެވީމެވެ،" އިސްތިއުފާގެ ސިޓީގައި އޭނާ ލިޔުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ