ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުންވި 57 ގެއެއްގެ އެސެސްމަންޓް ހަދައިފި އައިޖީއެމްއެޗް ޑިއުޓީގައި ތިބި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހާގެ ބަންދަށް 5 ދުވަސް ޖަހައިފި ފެނަކަގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ނަޖާހު އައްޔަންކޮށްފި ތިން ދުވަހ

އޭދަފުށްޓަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި، ފައިނަލަށް ނިކުންނާނީ އެކަން ދަނެގެންކަމަށް އައްޑޫ ސިޓީ ޓީމުގެ ކެޕްޓަން ޝަމްވީލް ގާސިމް (ބޮންޑާ) ބުނެފިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އަލުން ވީހާވެސް ބޮޑަށް ގަދަ ކުރުމުގެ ބޭނުމުގައި “90 ޕްލަސް ގޯލްޑް ކަޕް”ގެ ނަމުގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ އައްޑޫ ސިޓީ އާއި ބ.އޭދަފުއްޓެވެ.
މި މުބާރާތުގެ ފައިނަލާއި ގުޅޭ ގޮތުން ޕީއެސްއެމް ސްޕޯޓްސް އާ ވާހަކަ ދައްކަމުން ބޮންޑާ ބުނީ މި މުބާރާތުގައި ފައިނަލާ ހަމައަށް އައްޑޫއަށް އާދެވުނު އިރު، މި ޓީމަކީ މުޅި އައްޑޫ އެއްކޮށް ތަމްސީލްވާ ގޮތަކަށް ނެގުނު ފުރަތަމަ ޓީމު ކަމަށެވެ. އަދި މުބާރާތުގެ މިހާ ހިސާބަށް މިޓީމާއެކު އާދެވުމަކީވެސް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ބޮންޑާ ވަނީ ބުނެފައެވެ. މީގެ އިތުރުން ބޮންޑާވަނީ އިނަލާއި ހަމައަށް އައުމުގައި ސަޕޯޓަރުންނަކީ މުހިންމު ބައެއްކަން ފާހަގަކޮށް އައްޑޫ ސިޓީ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.
މުބާރާތުގެ ފައިނަލަށް މުޅި އައްޑޫ ސިޓީ ތައްޔާރުވެފައިވާއިރު އައްޑޫ ސިޓީގެ ކޯޗު އަބުދުﷲ ހަނީފް (ބެންޖޯ) ބުނީ ސަޕޯޓަރުންނަށް މި ތަށި ނަގައިދޭނެ ކަމަށާއި، އައްޑޫ ސިޓީއަށް ތަށި ގެންދާނެ ކަމަށެވެ. އަދި މީ ސީދާ މުޅި އައްޑޫ ސީޓީން ޓީމެއް ނެރެގެން ކުޅޭ ފުރަތަމަ މުބާރާތް ކަމަށްވާއިރު މި ޓީމުގައި ފަސްޓް ޑިވިޝަނަށް ކުޅެވޭނެ ބައިވަރު ކުޅުންތެރިން އެބަތިބި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ