ޖިހާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އަދިވެސް ރޯދަ އެލަވަންސް ނުދޭ ޖިހާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އަދިވެސް ރޯދަ އެލަވަންސް ނުދޭ

ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދުގެ މަސްލަހަތު އޮންނަ ސެކިއުރިޓީގެ ހިދުމަތްތައް ފޯރުކޮށްދޭ އޭޖޭ އެންޓަޕްރައިޒަސް އިން އަދިވެސް ރޯދަ އެލަވަންސް ނުދޭކަން އެނގިއްޖެ އެވެ.
އޭޖޭ އެންޓަޕްރައިޒަސްގެ މުވައްޒަފަކު އަދަދު އަށް ބުނީ ރޯދަ މަސް ފެށިގެން 11 ވަނަ ރޯދައާ ކުރިމަތިލީއިރުވެސް މުވައްޒަފުންނަށް ރޯދަ އެލަވަންސް ނުދޭ ކަމަށެވެ.
"މިހާރު މިއަދު މިއީ ރޯދަ މަހުގެ 11 ވަނަ ދުވަސް. އަދިވެސް ރޯދަ އެލަވަންސް ނުދޭ. ރޯދަ އެލަވަންސް ދޭނެ ދުވަހެއްވެސް ކުންފުނިން ނުބުނޭ،" އޭނާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން ޖިހާދުއަށް އަދަދު އިން ގުޅުމުން ވިދާޅުވީ ރޯދަ އެލަވަންސް ނުދެވިގެން އުޅެނީ ކުންފުނީގެ މާލީ ދަތިތަކާ ގުޅިގެން ކަމަަށެވެ. ނަމަވެސް އަންނަ ހަފްތާ ތެރޭގައި ރޯދަ އެލަވަންސް ހުރިހާ މުވައްޒަފުންނަށް ޖަމާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުގައި އޮތަސް ދެވޭނީ ލާރި ހުރިމާތާ. އެހެން ނޫންތޯ. އަދި ލަހެއް ނުވެއެއް ނޫންތޯ. މިއަންނަ ހަފްތާގައި ދޭނެއޭ. އެމީހުން [ކުންފުނިން] ބުނީ. އެސްއެމްއީއެއްގެ ވާހަކަ މިދައްކަނީ. އެސްއެމްއީއެއްގައި ކޭޝްފްލޯއެއް ނެތި އެ ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޖިހާދު ވިދާޅުވީ ކުދިކުދި ކުންފުނިތަކުގެ ބިލްތަކަށް ސަރުކާރުންނާއި އަމިއްލަ ތަންތަނުން ލިބެންޖެހޭ ފައިސާ ނުދެވޭއިރު، އެ ކުންފުނިތައް ރަނގަޅަށް ނުހިންގިގެން އުޅޭ ކަމަށެވެ.
އޭޖޭ އެންޓަޕްރައިޒަސްއަކީ ޖިހާދު ހަމައެކަނި ލަފާ އަރުވާ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޖިހާދުގެ އަނބިކަނބަލުން އާސިމާ ހުސައިިން އެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން، ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި މަދުވެގެން 3،000ރ. ދޭން ޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ