ނެޝަނަލް ޑްރަގު އޭޖެންސީގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު ހަމަޖައްސައިފި އެވެ.
އެންޑީއޭގެ ޗެއާމަންގެ މަގާމު ހުސްވީ ޖޫން 25، 2024 ގައި އެ މަގާމަށް އައްޔަނުކުރި ލުބްނާ ޒާހިރު އޮކްޓޯބަރު 20، 2025 ގައި އެ މަގާމުން ވަކިކުރުމުންނެވެ. އޭރު ލުބުނާ ހުރީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. އޭނާ ވަނީ ފޮރިން މިނިސްޓްރީއަށް ވެސް ބަދަލުކޮށްފަ އެވެ.
ސިއްދީގު އެ މަގާމަށް އައްޔަނުކުރުމަށް ފަހު އިއްޔެ ވަނީ ބޯޑު ބައްދަލުވުމެއް ބާއްވާފަ އެވެ.
މިދިޔަ ސަރުކާރުގައި އެންޑީއޭގެ ބޯޑު އޮތީ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ. ވެރިކަން ބަދަލުވުމަށް ފަހު މަސްްތުވާތަކެއްޗަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑަޅައި އެންޑީއޭ ހިމެނޭހެން މަސްތުވާތަކެތީގެ ފަރުވާގެ ކަންކަން ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރި އެވެ.
އެންޑީއޭ ބޯޑުގެ ޗެއާމަނަކަށް ސިއްދީގު ހަމަޖައްސައިފި އެންޑީއޭ ބޯޑުގެ ޗެއާމަނަކަށް ސިއްދީގު ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ