އެމްއައިބީން މާލޭގައި އާ އޭޓީއެމްއެއް ހުޅުވައިފި
އޯކިޑް މަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން 24 ގަޑިއިރު ޚިދުމަތް ލިބޭ އާ އޭޓީއެމްއެއް ހުޅުވައިފިއެވެ. މި އޭޓީއެމް ހުޅުވައިދެއްވީ އެމްއައިބީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު، އަޙްމަދު ރިޒާއެވެ. އެމްއައިބީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު، އަޙްމަދު ރިޒާ އާ އޭޓީއެމް ހުޅުވައިދެއްވަނީ -- ފޮޓޯ/ އެމްއައިބީ އެމްއައިބީން ބުނި ގޮތުގައި މިއީ އާބާދީ ބޮޑު މާލޭ ސިޓީގައި އެމްއައިބީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެވެ. މި އޭޓީއެމްއަކީ ދިވެހި ރުފިޔާއާއި ޑޮލަރު ޖަމާކޮށް، އަދި ނެގޭ ގޮތައް ފަރުމާކުރެވިފައިވާ އޭޓިއެމްއެކެވެ. އެމްއައިބީން މާލޭގައި އާ އޭޓީއެމްއެއް ހުޅުވައިފި -- ފޮޓޯ/ އެމްއައިބީ މި އޭޓީއެމްގެ ސަބަބުން، ބޮޑެތި އޮފީސް ބްލޮކްތަކުން ވަށާލެވިފައިވާ އެ ސަރަޙައްދުގައި މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކީ އެމްއައިބީގެ އެކައުންޓް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި މި ސަރަޙައްދަކީ ޖެޓީއާ ކައިރި ސަރަޙައްދަކަށްވުމުން ފަތުރުވެރިންނަށް ވެސް މި ޚިދުމަތްތައް ފަސޭހައިން ބޭނުންކުރެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ