ދައުލަތުގެ މާލީ ހާލަތު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ އެތެރޭގައި މަޝްވަރާތައް ފަށައިފި އެވެ.
"އަދަދު" ނޫހަށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސް ބައެއް ވެރިން ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތައް އެޅުމަށް ނިންމި ނަމަވެސް، ކުރިއަށް އޮތް އިންތިހާބަށް އޮތް ނުފޫޒަކަށް ބަލައި، މިކަންކަން ރަސްމީ ސާކިއުލާއަކުން އާންމު ނުކުރުމަށް ވަނީ ނިންމާފަ އެވެ.
"އަޅާ ފިޔަވަޅުތައް އާންމުކުރާނީ އިންތިހާބަށް ފަހު. ފިޔަވަޅުތައް ނާޅައި ސަލާމަތެއް ނުވާނެ،" މި ނޫހާ ވާހަކަ ދެއްކި ސަރުކާރުގެ އޮފިޝަލަކު ބުންޏެވެ.
މި ސަރުކާރުގެ ނުފޫޒުގަދަ އިސް ބޭފުޅަކު ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން މިހާރު ވެސް މާ ލަސްވެއްޖެ ކަމަށާއި، އެކަންކަން އަވަހަށް ހާމަކުރުމަށް ލަފާދެއްވާފައިވާނެ ކަމަށެވެ.
"ނަމަވެސް އެފަދަ ކަމެއް ނުކުރޭ. އަޅުގަނޑު ގަބޫލުކުރަނީ އިންތިހާބު ބޯމަތީގައި އޮތުމުން ފިޔަވަޅެއް އަޅަން ބޭނުން ނުވަނީ ކަމަށް. ނަމަވެސް މި މާލީ ބުރަ ސަރުކާރުން ނަގައިގެން ކުރިއަށް ގެންދެވިދާނެ ކަމަށް ނުފެނޭ،" އޭނާ ކަންބޮޑުވުމާއެކު ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް، ސަރުކާރުން މިހާރު ފައިނަލް ކޮށްފައިވާ ބައެއް ނިންމުމަތަކާއި މަޝްވަރާގެ މޭޒުގައި ހުރި ކަންކަމުގެ ތެރޭގައި ހިމެނެނީ:
ހަރަދު ކުޑަކުރުމުގެ އެތައް ފިޔަވަޅެއް އަޅަން މަޝްވަރާ ކުރާއިރު ވެސް، އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުގެ ވަޒީފާތަކަށް މީހުން އައްޔަންކުރުން މަދުނުވުމެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި، މިކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
"ކޮންމެ ދުވަހަކު ވެސް ވަޒީފާތަކަށް މީހުން ނަގަން ހުއްދައަށް އާދޭ. އެކަމާ ފިނޭންސް މިނިސްޓަރުގެ ކަންބޮޑުވުން ހުއްޓަސް، އެކަން ނުވަނީ އިންތިހާބު ބޯމަތީގައި އޮތުމުން މީހުން ވެއްދުން މަދުކުރަން ރައީސް ބޭނުން ނުވާތީ ކަމަށް ގަބޫލު ކުރެވެނީ،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މާލީ މާހިރުން އިންޒާރު ދޭ ގޮތުގައި، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ސިޔާސީ ސަބަބުތަކަށްޓަކައި ލަސްކުރުމަކީ ދިގު މުއްދަތުގައި އިގްތިސާދަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.
އެތެރޭގެ ދަތުރުތައް މަދުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުނު ނަމަވެސް ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއި މިނިސްޓަރުން އަދި ސަރުކާރުގެ ވެރިންނާއި ކުންފުނިތަކުގެ ވެރިންގެ ދަތުރުތައް ހުއްޓައެއް ނުލަ އެވެ.
އެ ބޭފުޅުން ކެމްޕޭނު ދަތުރުތައް ކުރަނީ ސަރުކާރުގެ ބަޖެޓުން ނޫންކަން ހާމަކޮށްފައެއް ނުވެ އެވެ.
ފެބްރުއަރީ 28 ގައި އިރާނު ހަނގުރާމަ ފެށިފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދައްވެފަ އެވެ. އަދި ތެލުގެ އަގު ބޮޑުވުމާއެކު ތެޔޮ އެތެރެކުރަން ކުރާ ހަރަދު ވަނީ ބޮޑުވެފަ އެވެ.
ހަރަދު ކުޑަކުރަން "ސިއްރު" ފިޔަވަޅުތަކެއް; ސާކިއުލާ ނުނެރެނީ އިންތިހާބު އޮތުމުން! ހަރަދު ކުޑަކުރަން "ސިއްރު" ފިޔަވަޅުތަކެއް; ސާކިއުލާ ނުނެރެނީ އިންތިހާބު އޮތުމުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ