އެމްއެންޔޫ ދަނާލުގައި އަންހެން ކުއްޖަކު މަރުވެއްޖެ

ގައުމީ ޔުނިވާސިޓީގެ، ދަނާލުގައި ދިރިއުޅެމުން އަންނަ އަންހެން ކުއްޖަކު ރޭ ދަންވަރު މަރުވެއްޖެއެވެ. ރޭ ދަންވަރު 2:30 ހާއިރު ދަނާލު ހުންނަ ސަރަހައްދުގައި ފުލުހުންނާއި، ސިފައިން ވެސް ހަރަކާތްތެރިވެފައިވެއެވެ. "ސަން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މަރުވެފައިވަނީ 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހިއްސާ ނުކުރެއެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ. ގައުމީ ޔުނިވާސިޓީގެ ދަނާލުގައި އެކި ކޯސްތަކުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ދިރިއުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ