ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
ތަފްސީލް - މި ހިދުމަތަށް މިހާރުން ފެށިގެން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަމަކާ އެކު ހުށަހެޅޭނެ އެވެ. އަދި ޑޮލަރު ގަތުމަށް އެދި ހުށަހަޅާއިރު ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހަޅައި އެޕްލިކޭޝަންގެ ސްޓޭޓަސް ވެސް އެޕުން ބަލާލެވޭނެ އެވެ.
ބީއެމްއެލް އިން ސިއްހީ ފަރުވާއަށް ޑޮލަރު ވިއްކަނީ:
އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް 2،000 ޑޮލަރާ ހަމައަށް
އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1،000 ޑޮލަރާ ހަމައަށް
ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ޖަމާކޮށްދޭނީ ހުށަހަޅާ ފަރާތުގެ ބީއެމްއެލް އެކައުންޓަށެވެ.
މެޑިކަލް ޑޮލަރު ގަންނަން ބީއެމްއެލް އެޕުން މިހާރު އެދެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ