މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގައި ރަހީނުކޮށްފައިވާ ބިދޭސީ މީހަކު ސަލާމަތްކޮށް، އެ މައްސަލައިގެ ތުހުމަތުގައި ބަންގަލަދޭޝް މީހެއް ހައްޔަރުކޮށް، އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފި އެވެ.މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ އިގުބާލް މިއާ (35އ) އެވެ.ކޯޓު އަމުރުގައި ބުނީ ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާއަކީ އިމިގްރޭޝަންގެ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއް ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.އިގުބާލް މިއާއަށް ކުރަނީ ބިދޭސީއަކު ރަހީނުކޮށްގެން ގެންގުޅެ އަނިޔާކޮށްފައިވާކަމުގެ ތުހުމަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ