އޭވިއޭޝަން ސެކިއުރިޓީ ދާއިރާގެ އަންހެނުންނަށް ޕްރޮގްރާމެއް

"ވިމެން އިން އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް" ފަށައިފި އެވެ.
ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނާއި ޔޫކޭގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ފެށީ އިއްޔެ އެވެ.
މި މަހުގެ 12 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ، އޭވިއޭޝަން ސެކިއުރިޓީ ދާއިރާގެ ހޭލުންތެރިކަމާއި ފަންނުވެރިކަން ހަރުދަނާކޮށް، މި ދާއިރާގައި މިންތީގެ ހަމަހަމަކަން ކުރިއެރުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ