ހުމާއި ރޯގާ ގިނަވެ، ފަރުވާދޭން ފްލޫ ކްލިނިކެއް ހުޅުވައިފި

ހުމާއި އަރިދަފުސް ރޯގާ އިތުރުވެފައިވާ މި ދުވަސްވަރު، އެކަމަށް ހާއްސަކޮށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.
ވީ ކިިހިނެއް؟ - އައިޖީއެމްއެޗުން މިއަދު ބުނި ގޮތުގައި، ހުމާއި އަރިދަފުސް ހުންނަ ހުރިހާ މީހުންނަށް ފަރުވާ ދީ، ލޭގެ ސާމްޕަލް ނަގާނީ އެ ކްލިނިކުންނެވެެ.
ތަފްސީލް - އެ ތަނުން ބުނި ގޮތުގައި:
ފުލޫ ކްލިނިކުން ހިދުމަތް ހޯދަން ބޭނުންވާ މީހުން ފުރަތަމަ ދާން ޖެހޭނީ އީއާރު ޓްރައޭޖަށް
ކިއުބީ ޓޯކެން ސިިސްޓަމުން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމުން ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިޔުމަށް ޓްރައޭޖުން އިރުޝާދު ދޭނެ 
މި ކްލިނިކުން ފަރުވާ ދޭނެ ކަމަށް ބުނެފައިވަނީ ހެނދުނު 10 އިން ރޭގަނޑު 10އާ ހަމައަށެވެ.
އެނގުން މުހިއްމު - މިދުވަސްވަރު މާލެތެރެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ހުމާއި ރޯގާ ޖެހޭ މިންވަރު ވަނީ އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ