ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓެކްސީ ކިއު ސަރަހައްދުގައި މި މަހު 9، ގައި މާރާމާރީ ހިންގި މައްސަލައިގައި ނަސޭހަތް ދިން ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ސްރީލަންކާއަށް ނިސްބަތްވާ ތިލަކް ސޯމަޗަންދްރަ މަޑެތަލަވޭ ކަންކަންނަމަލަގޭ، 43 އަދި ޕްރިޔަންތަ ސިލްވާ ދެވަނިއްތިގެ، 46 އެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށްވެސް 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.
މި މަހުގެ 9، ގައި ހިންގި މާރާމާރީއާ ގުޅިގެން އެ ދެމީހުންގެ ވަކީލު ކޯޓުގައި ބުނީ މާރާމާރީ ހިންގީ ކުށެއް ކުރުމުގެ ނިޔަތެއް އޮވެގެން ނޫން ކަމަށެވެ.
އެ މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯގައި ފެންނަނީ އެކަކު އަނެކަކު ގަޔަށް އަތްލައި މާރާމާރީ ހިންގާތަނެވެ. އެކަމާ ގުޅިގެން މާރާމާރީ ހިންގި ދެ މީހުންނަށް ނަސޭހަތް އޭރު ދިނީ ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު އެވެ.
ވީއައިއޭގައި މާރާމާރީ ހިންގުމުން ނަސޭހަތްދިން ދެ މީހުން ހައްޔަރުކޮށްފި ވީއައިއޭގައި މާރާމާރީ ހިންގުމުން ނަސޭހަތްދިން ދެ މީހުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ