ދުންފުހުގެ އަސަރު މިއަދު ނެތަސް، ބުރާސްފަތި ދުވަހުން ފެށިގެން އަނެއްކާވެސް އަސަރު ކުރާނެ: މެޓް ދުންފުހުގެ އަސަރު މިއަދު ނެތަސް، ބުރާސްފަތި ދުވަހުން ފެށިގެން އަނެއްކާވެސް އަސަރު ކުރާނެ: މެޓް

ރާއްޖޭގެ ސަރަހައްދުން މިވަގުތު ދުންފުހުގެ އަސަރު ކެނޑި ވައި ސާފުވި ނަމަވެސް، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަނެއްކާވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް މެޓު އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަނެއްކާވެސް ރާއްޖެއަށް ދުންފުހުގެ އަސަރުކުރަން ފަށައި، ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް ވަރަށް ބޮޑަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ދެން އެހެންވީމަ އަނެއްކާވެސް ލަފާކުރެވޭ އަޅުގަނޑުމެންނަށް 15 ގެ މެންދުރު ފަހުން ފެށިގެން ދުންފުހުގެ އަސަރުކުރާނެ ކަމަށް. ދެން ހުކުރު ދުވަހު ތަންކޮޅެއް ބޮޑަށް ވެސް އެބަހުރި އުތުރާއި މެދުރާއްޖެތެރެއަށް ދުންފުހުގެ އަސަރުކުރާނެ ކަމަށް،" މެޓުން ބުންޏެވެ.
މެޓުން ބުނީ މިވަގުތު ފޯކާސްޓް ލިބެންހުރީ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށާއި އޭގެ ފަހުން ދުންފުހުގެ އަސަރުކުރާ މިންވަރު ހާމަކުރަމުންދާނެ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖެއަށް ދުންފުހުގެ އަސަރުކުރާ މިންވަރު މަޑުމަޑުން ރަނގަޅުވަމުން ގޮސް، މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ދުންފުހުގެ އަސަރު އެއްކޮށްހެން ވަނީ ކެނޑިފަ އެވެ.
އިރުވައި މޫސުމުގައި އިންޑިއާގެ ހިމާލިޔާ މަތިން ދެކުނު އޭޝިއާގެ އެކި ސަރަހައްދުތަކަށް އަންނަ ދުމުގެ ރާއްޖެއަށް ވެސް ފޯރަ އެވެ. އެގޮތުން އިރުވައި މޫސުން ނިމެންދެން ދުންފުހުގެ އަސަރު ކުރަމުންދެ އެވެ.
މި އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރުކުރާވަރު ބޮޑުކަން ފާހަގަކުރެވެ އެވެ. އެގޮތުން ބައެއް ސަރަހައްދުތަކަށް ބައެއް ދުވަސްތަކުގައި ނުރައްކާވާ މިންވަރަށް އެ އަސަރު ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ