އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ހާޒިރުގައި އޭނާ އުޅުނު ގެ ފުލުހުން މިއަދު ބަލައިފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއަކާއި ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތައް ހިންގާ ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކުރީ މީގެ މަސް ދުވަސް ކުރިންނެވެ. މިދިޔަ ހުކުރު ދުވަހު ސަނީގެ ބަންދަށް 30 ދުވަސް ޖެހި އެވެ.
ތަފްސީލް - އޭނާ ހައްޔަރުކުރުމުގެ ކުރިއަށް ދިރިއުޅުނު އަދި އޭނާގެ އަނބިމީހާގެ ގެއަށް ގެންގޮސް، އޭނާގެ ހާޒިރުގައި ފުލުހުން އެ ތަން ބެލި އެވެ. އެއީ ހ. އަނދުން ގެ އެވެ.
އޭގެ ފަހުގައި ފުލުހުންގެ ބެލުމުގެ ދަށުން އެ ތަނުން އޭނާ ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔަ އެވެ.
ބުނީ ކީކޭ؟ - މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އޭނާގެ ހާޒިރުގައި މާލޭގެ ގެއެއް މިއަދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި ސަނީ އުމަރު އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން ބުންޏެވެ.
އެނގުން މުހިންމު - ސަނީ ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައިގައި ހިމެނެނީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި:
އަންހެން ދެ ކުދިންނާއި ފިރިހެން ކުއްޖެއް
އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން
އަނެއް އަންހެން ކުއްޖާއަށް ވެސް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަަތުކުރަނީ އެ ކުއްޖާގެ އުމުރުން 18 އަހަރު ނުވަނީސް
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެއިން އެއް ކުއްޖެއްގެ އާއިލާއިން ވަނީ ފުލުހަށް އެ މައްސަލަ ރިޕޯޓްކޮށްފަ އެވެ.
ސަނީގެ ހާޒިރުގައި އޭނާ އުޅުނު ގެ ބަލައި ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ