ގެއްލިގެން ހޯދަމުން ދަނިކޮށް ތިލަފުށީ ކުނިގޮނޑުގައި މަރުވެފައި އޮއްވާ ފެނުނު ބަންގްލަދޭޝްގެ މީހާގެ މައްސަލައިގައި ސްރީ ލަންކާއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފި އެވެ.
މަރުވެފައި އޮއްވާ ފެނުނީ އަމީން މިއާ، 24، އެވެ.
މިދިޔަ މަހުގެ 26 އިން ފެށިގެން އޭނަ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ 28 ވަނަ ދުވަހު އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަމީން ގެއްލުނޖ ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރެއްގެގެ ދަތްގަނޑުން އަމީންގެ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، އޭގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ލަންކާ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ. އެއީ 32 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ތިލަފުށީގެ މަރާ ގުޅިގެން ލަންކާ މީހަކު ހައްޔަރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ