ތުރުކީގައި ދިވެހި އެމްބަސީއެއް ގާއިމް ކޮށްފި

ތުރުކީގައި މިއަދު ދިވެހި އެމްބަސީއެއް ގާއިމް ކޮށްފިއެވެ. މިއީ ތުރުކީގައި ދިވެހި އެމްބަސީއެއް ގާއިމްކުރި ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން މިއަދު ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައި، އެ އިދާރާއަކީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމުގައެވެ.
ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި ވެއެވެ.
"ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"އަށް އިނގިރޭސިބަހުން ބޭނުންކުރަންހަމަޖައްސަވައިފައިވާ ރަސްމީ ނަން ތިރީގައި މިވަނީއެވެ.
Embassy of the Republic of Maldives in the Republic of Türkiye
ރައީސް އޮފީހުގެ އިއުލާނުގައި ވާގޮތުން، ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެހުމުގައި، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"އަށް ލިޔުއްވާ ސިޓީތަކުގައި ޖެހުމަށް ހަމަޖައްސާފައިވަނީ 499 އެވެ.
ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތަކުގެ ގޮތުގައި 22 ކަމެއް ވަނީ ހަމަޖައްސާފައެވެ.
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގަ އެވެ.
ތުރުކީއަކީ، ރައީސް ޑރ. މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރެއްވި ގައުމު ވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ